މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިމާރާތެއްގެ ފައުންޑޭޝަންގެ މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދުން

 ނަންބަރު:MREIC/IU/2017/0029

 

އިޢުލާން

އިމާރާތެއްގެ ފައުންޑޭޝަންގެ މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދުން:

މި ކުންފުނިން ހަދާ އިމާރާތެއްގެ ފައުންޑޭޝަންގެ މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރު 2017 ވާ އަންގާރަ ދުވަހު 13:00 އަށް، މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މި ބައްދަލުވުމުގައި މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

 

އަންދާސީހިސާބު ހުށައެޅުން އޮންނާނީ 02 ނޮވެމްބަރު 2017  ވާ ބުރާސްފަތި ދުވަހު 14:15 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ  މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

10 ސަފަރު 1439

30 އޮކްޓޯބަރު 2017

                                       

 

A subsidiary of MTCC

30 އޮކްޓޫބަރު 2017
ހޯދާ