މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރުކޭޓް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅުމާބެހޭ

މި އިދާރާގެ ބެލުމުގެ ދަށުގައިވާ މާލޭގެ ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓާއި އަދި މަސް މާރުކޭޓްގެ އިތުރުން އެހެނިހެން މާރުކޭޓްތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. މިކަމަކީ މި އިދާރާގެ ފަރާތުން މި މާރުކޭޓުތަކުން ގޮޅި ދޫކުރެވޭ ފަރާތްތަކާއެކު ހެދޭ އެގްރީމެންޓާވެސް ޚިލާފު ކަމެކެވެ.  އަދި ހަމައެއާއެކު މިކަމުގެ ސަބަބުން ދިވެހިން ކުރާ މަސައްކަތްތަކުގެ އަގު ދަށްވެ، ދިވެހިންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ މިވަނީ އިންތިހާއަށް ބޮޑުވެ މިކަމަށް ޙައްލެއް ނުފެނިފައެވެ.

ވީމާ، މި އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްވެސް މާރުކޭޓެއްގައި ބިދޭސީން ބޭތިއްބުމަކީ މިއަދުން ފެށިގެން މަނާ ކަމެއްކަން ހަނދުމަކޮށް އަރުވަމެވެ. އަދި މިފަދައިން ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅެމުންދާނެކަމަށް އަންގައި އިޢުލާން ކުރީމެވެ.

 07 ޖުމާދަލްއާޚިރާ 1434

17 އޭޕްރިލް 2013
ހޯދާ