ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (ކޮންޓްރެކްޓް)

 
މި ޑިޕާޓްމަންޓްގެ ނަންބަރު 198A/2017/82 އިޢުލާނުން މިޑިޕާޓްމަންޓުގެ "ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް" މަޤާމަށް ފުރުޞަތު ހުޅުވާލުމުން، އެ މަޤާމަށް އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ  އެޕްލިކޭޝަން ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް އިޢުލާން ކުރީމެވެ.
 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 84 /198A/2017 

ތާރީޚް: 22 އޮކްޓޫބަރު 2017

މަޤާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް  (ކޮންޓްރެކްޓް)

ރޭންކް: އީ.އެކްސް 3

ޢަދަދު

01

މުއްދަތު: 1 އަހަރު

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/11,065 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-  ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/3,000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު،EX 2  ގެރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، MS 4 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި، 6 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތައް

  • ޝަރުޢީ ސެކްޝަނަށް ލިބޭ ލިޔެކިޔުންތަކަށް ޤަވާޢިދުން ފިޔަވަޅު އެޅުމަށްޓަކައި ކަމާގުޅޭ މުވައްޒަފުންނާ ޙަވާލުކޮށް، ޤަވާޢިދުން ފިޔަވަޅު އަޅާތޯ ބަލެމާއި، އަދި ސެކްޝަންގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
  • ކޮންމެ ހަފްތާއަކު ކޯޓުތަކުން ގެނެވޭ ސްޓެޓިސްޓިކްސް ރިޕޯޓްތައް ބަލައި މޮނިޓަރކޮށް، ޕެންޑިންގ މައްސަލަތައް ގިނަވެފައި ހުންނަ ކޯޓްތަށް ބަލައި އެ މެޖިސްޓްރޭޓްކޯޓްތަކަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސް ކުރުމަށްޓަކައި ދާއިރާ އިސްމެޖިސްޓްރޭޓުންނާ މަޝްވަރާކޮށް، އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • މެޖިސްޓްރޭޓުންގެ ހަފްތާގެ ޙާޟިރީ ރިޕޯޓް ޤަވާޢިދުން މޮނިޓަރކުރުމާއި، ކަނޑައެޅިފައިވާ މިންވަރަށްވުރެ ޕަރފޯމެންސް ދަށް ތަންތަން ބަލައި އެކަން ހިނގާފައިވާ ގޮތެއް އިދާރީ ގޮތުން ބެލުން.
  • ކޯޓުތަކުގެ އިސްމެޖިސްޓްރޭޓުން ސަލާމުގެ ޗުއްޓީގައި ތިއްބަވާ ދުވަސްތަކުގައި ދާއިރާ ޙަވާލުކުރެވިފައިވޭތޯ އެޗްއާރު ސެކްޝަނަށް ގުޅައި ޤަވާޢިދުން ބަލަމުން ދިޔުން. 
  • ރަމަޟާން މަހާއި، ޝައްވާލުމަހުގެ ހަނދު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތަށް ހަމަޖައްސާ އެކަންތައް ހިނގަމުންދާ ގޮތް މޮނިޓަރކުރުން.
  • މެޖިސްޓްރޭޓް ކޯޓުތަކުގައި ބޭނުންކުރާ ޝަރުޢީ ފޯމްތަކާއި އަދިވެސް އެހެނިހެން ފޯމްތަކައް ގެންނަންޖެހޭ ބަދަލުތައްބެލުމަށްތަކައި ދިރާސާކޮށް އެފޯމުތައް އިސްލާހުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ފޯމުތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.  
  • މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމަމުންދާ މިންވަރުބަލާ އޭގެތެރެއިން އެބޭފުޅުންނަށް ބެލުން ދަތި ނުވަތަ ތަނާޒުލުވާ މައްސަލަތަކާއި އަދި، ކޯޓުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކާ ޝަރުޢީ ވަފުދެއް ފޮނުވަން ފެނިއްޖެ ނަމަ ކުރަންޖެހޭ އެންމެހާ މަސައްކަތް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން.
  • މެޖިސްޓްރޭޓް ކޯޓުތަކުން އަގުކުރަންޖެހޭ ތަންތަން އަގުކުރުމަށް އެރަށަކުން ކޮމެޓީއެއް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، އަދި އަގުކުރުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ޤަވާއިދުން މޮނީޓަރ ކުރަމުން ދިއުން.  
  • މެޖިސްޓްރޭޓް ކޯޓުތަކުން ކުރެވޭ ޙުކުމް ތަކުގެ ތެރެއިން ހައްދުޖަހަންޖެހޭ މައްސަލަތަކުގައި ހައްދުޖަހާނެ މީހަކު އެރަށަކުން ނުލިބޭ ޙާލަތެއްގައި އެހުކުމް ތަންފީޛު ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކޮށް އެކަމުގައި އެއްބާރުލުން ދިނުން.
  • ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ނާއި، މިނޫން ގޮތްގޮތުން ވެސް ހުށަހަޅާ އިދާރީ ޝަކުވާ ބަލާ އެޅެންއޮތް ފިޔަވަޅެއް އަޅައިދިނުން.
  • ހޮވައިގެން ގެނެސް މެޖިސްޓްރޭޓް ކޯޓުތަކާ ޙަވާލުކުރެވޭ ތަކެތީގެ ތެރެއިން ގިނަދުވަސްވެ، ހަވާލުވާނެ ފަރާތެއް ނެތް ތަކެތި ނީލަންކިއުމަށްޓަކައި މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • މެޖިސްޓްރޭޓް ކޯޓުތަކުގައި ބޭނުންކުރާ ފޮތްތައް ކޮމްޕިއުޓަރައިޒް ކުރުމަށްޓަކާ ބޭނުންކުރެވޭނެ ޓެމްޕްލޭޓުތައް ޑިޒައިންކޮށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  • ސެކްޝަނުން ދުވަހުން ދުވަހަށް ލިޔަންޖެހޭ ޔައުމިއްޔާ ލިޔެ ޤަވާއިދުން އަޕްޑޭޓް ކުރަމުންދޭތޯ ބެލުން.
  • ޑީޖޭއޭ ގެ ހިއުމަން ރިސޯސް ޑިވޮލަޕްމަންޓް ކޮމިޓީއަށް ބޭނުންވާ ލަފާ އެރުވުމާއި، ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްކުރުން.
  • މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެކަމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ކޮމިޓީގެ މަޝްވަރާގެ މަތިން ފިޔަވަޅު އެޅުން.

ހުށަހަޅަންޖެހޭ ތަކެތި

1-  ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2-  ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4-  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2017 އޮކްޓޫބަރު 25 ވާ ބުދަ ދުވަހުގެ 14:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ·         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވާ މިންވަރު.
  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ ސީނިއަރ ލެވެލްގެ މަޤާމެއްގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި، ކޯޓުތަކާބެހޭ ޤާނޫނައި، ފަނޑިޔާރުންގެ ޤާނޫނާއި، އަދި މިނޫންވެސް މަސައްކަތާ ގުޅޭގޮތުން ހެދިފައިހުރި ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވުން.
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • މި މަގާމަށް މީހުން ހޮވުމުގައި ޝަރުޢީދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
22 އޮކްޓޫބަރު 2017
ހޯދާ