މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަާއި ގުޅޭ

                             ނަންބަރު:IUL)321/321/2017/106

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

މި އިދާރާގެ ނަމްބަރ: IUL)321/321/2017/103 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށްފަހު އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅުއްވާފައި ނުވާތީ މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.  

 

ވީމާ، މިއިދާރާ އާއި، މިއިދާރާގެ ވަށައިގެންވާ ގޯތީގެ ސެކިއުރިޓީ ބެލެހެއްޓުން، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، މަހަކު -/10000 ރުފިޔާ (ދިހަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަގަކަށް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2017 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮކްޓޫބަރު 26 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އެސްޓިމޭޓްތައް ބަލައިގަތުން އޮންނާނީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

02 ޞަފަރު  1439

22 އޮކްޓޫބަރު 2017
ހޯދާ