ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ޑިރެކްޓަރ

ނަންބަރު: HR/I/2017/01

އިޢުލާން

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ޑިރެކްޓަރ

ބޭނުންވާ ޢަދަދު 1

އަސާސީ މުސާރަ:

މަހަކު 10000.00ރުފިޔާ

އެލަވަންސް:

1. ސާރވިސް އެލަވަންސް: ދުވާލަކަށް 116.00ރުފިޔާ

2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 135.00ރުފިޔާ

3. ސެޓިފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %40

4. ފޯން އެލަވަންސް: މަހަކު 300.00ރުފިޔާ

5. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރްޠުތައް:

  1. އެކައުންޓިންގ / ފައިނޭންންސް ދާއިރާއިން ލެވެލް 8/7 ގެ ބެޗެލަރޒް ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުން ކުރުމަށް އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 2 އަހަރު ދުވަހުގެ، ގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވުން.

ނުވަތަ

  1. ފުޅާ ދާއިރާއެއްގައި އެކައުންޓިންގ / ފައިނޭނެސް ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ލެވެލް 9/8 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލްކުރުމަށްފަހު، ގުޅޭ ތަޖުރިބާ ހާސިލްކޮށްފައިވުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އައިޔޫއެމް ހޯލްޑިންގްސްގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް އެކުލަވައިލުން.
  • އައިޔޫއެމް ހޯލްޑިންގްސްގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭން ސިސްޓަމްތައް އެކުލަވައިލައި ބެލެހެއްޓުން.
  • އައިޔޫއެމް ހޯލްޑިންގްސްގެ ފައިސާގެ މުއާމަލާތުތައް ކުންފުންޏަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ، މެނޭޖްމަންޓާއި ކައުންސިލަށް ދިނުން.
  • އައިޔޫއެމް ހޯލްޑިންގްސްގެ އަހަރީ ހިސާބުތަކާއި ބޯޑަށް  ބޭނުންވާ ހިސާބުތައް ތައްޔާރުކުރުން.
  • އައިޔޫއެމް ހޯލްޑިންގްސް އިން ހިންގާ އެންމެހާ ޕްރޮގްރާމްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ޔަގީންކުރުން.
  • ފައިސާގެ މުއާމަލާތުތައް ހިނގާނުހިނގާގޮތް ބަލައި، އެންމެހާ މުޢާސަލާތްތައް ހިނގަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކުގެ ތެރެއިންކަން ޔަގީންކުރުން.
  • އައިޔޫއެމް ހޯލްޑިންގްސް އިން އަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްތަކަކީ ފައިސާގެ މުއާމަލާތުތަކަށް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަޑުތަކާއި އެއްގޮތަށް ކުރިއަށްދިއުމަށް ބާރުއަޅާ ކޮންޓްރޯލްތަކެއްކަން ޔަގީންކުރުން.
  • އައިޔޫއެމް ހޯލްޑިންގްސްއިން އޮޑިޓަރުންނަށް ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ފޯރުކޮށްދިނުމާއެކު، ޔުނިވަރސިޓީން ތައްޔާރުކުރާ ހިސާބުތަކަކީ ފާއިތުވެދިޔަ އަހަރު އައިޔޫއެމް ހޯލްޑިންގްސް ހިންގާފައިވާ ގޮތް ދައްކުވައިދޭ ޞައްޙަ ހިސާބުތަކެއްކަން ޔަގީންކުރުން.
  • އައިޔޫއެމް ހޯލްޑިންގްސްގެ ފައިނޭންސް ޑިޕާރޓްމަންޓް ދުވަހުން ދުވަހަށް ހިނގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް 26 އޮކްޓޯބަރު 2017 (ބުރާސްފަތި) ދުވަހުގެ ގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ.

 

28 މުޙައްރަމް 1439

18 އޮކްޓޯބަރު 2017

22 އޮކްޓޫބަރު 2017
ހޯދާ