މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، ހއ. ދިއްދޫ ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށް ހޮވުނު ފަރާތްތަކުގެ ފައިނަލް ލިސްޓް އިޞްލާޙްކޮށް އަލުން އިޢުލާންކުރުން

       މި މިނިސްޓްރީން 2017 އޮކްޓޯބަރ 12 ވަނަ ދުވަހު ކުރި ނަންބަރު (IUL)138-AS7/138/2017/85 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

         ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ހއ. ދިއްދޫ ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށްޝަރުޠު ހަމަވެ އެތަންތަން ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ފައިނަލް ލިސްޓް ޢާންމުކުރިއިރު، ބައެއް ފޯމް ނަންބަރުތައް ތަކުރާރުވުމާއި، ދެމަފިރިންގެ މަޢުލޫމާތުގެ މައްސަލައެއް ލިސްޓުގައި އޮތްކަން ފާހަގަކުރެވިފައިވާތީ، އެކަންކަން އިޞްލާޙްކޮށް، އަލުން ފައިނަލް ލިސްޓް ޢާންމުކުރުމުގެ ގޮތުން އިޢުލާންކުރީމެވެ.

       އިޞްލާޙް ކުރެވިފައިވާ ފައިނަލް ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި ހއ. ދިއްދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައާއި އަދި ހއ. ދިއްދޫގައި ސަރުކާރުގެ އިޢުލާން ފަދަ ތަކެތި އިޢުލާންކުރުމަށް ބަހައްޓާ ތަންތަނުގައި ބެހެއްޓިފައި ހުންނާނެއެވެ.  

19 އޮކްޓޫބަރު 2017
ހޯދާ