ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯރމް ހޯދުން

އެކްޓިވިޓީ ޔުނީފޯރމް ހޯދުން

މިމަރުކަޒުގެ ދަރިވަރުން ބޭނުންކުރުމަށް، މިމަރުކަޒުންދޭ ނަމޫނާއާ އެއްގޮތަށް އެކްޓިވިޓީ ޔުނީފޯރމް ހަދާ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

2017 އޮކްޓޯބަރ 26 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ، އަންދާސީހިސާބު ކެނޑުން

2017 ނޮވެމްބަރ 2 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 ގައި

 

 

29 މުޙައްރަމް 1439

19 އޮކްޓޯބަރ 2017                                            

 

 

19 އޮކްޓޫބަރު 2017
ހޯދާ