މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ފައިވް ބެސްޓް އެޕް" ޗެލެންޖް 2017

އިޢުލާން

"ފައިވް ބެސްޓް އެޕް" ޗެލެންޖް 2017

 

            އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) އިންޑަސްޓްރީ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، މިދާއިރާގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދަދިނުމުގެ މަޤްސަދުގައި، ހުރިހާ ދާއިރާތަކެއް ހިމެނޭގޮތަށް، މުޖުތަމަޢުއަށް ބޭނުންތެރި މޯބައިލް އެޕްލިކޭޝަނާއި، ސޮފްޓްވެއަރ އުފެއްދުމުގެ މުބާރާތެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

           

            ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދި ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 12 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. އަދި ބައިވެރިވުމަށްއެދި ފޯމް ހުށައެޅި ފަރާތްތަކުން، އެފަރާތްތަކުން ބައިވެރިކުރާ ސޮފްޓްވެއަރގެ ޕްރެޒެންޓެޝަން ދިނުން އޮންނާނީ 2017 ނޮވެމްބަރ 20 އިން 23 އަށެވެ.

    މިމުބާރާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ޕޭޕަރ އަދި ބައިވެރިވުމަށް އެދޭ ފޯމް މިމިނިސްޓްރީގެ ވެބްސައިޓް  www.trade.gov.mv  އިން ލިބެންހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރ 3333106 ،3333196 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

                                                                 

27 މުޙައްރަމް 1438

17 އޮކްޓޯބަރ 2017

 

17 އޮކްޓޫބަރު 2017
ހޯދާ