މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ސްޕޯޓްސް އެރީނާ ތެރޭގައި ހިމެނޭ ބަށީކޯޓުގެ ނުނިމި ހުރި މަސައްކަތް ތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ.

އިޢުލާން

       މިރަށު ސްޕޯޓްސް އެރީނާ ތެރޭގައި ހިމެނޭ ބަށީކޯޓުގެ ނުނިމި ހުރި މަސައްކަތް ތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ..

 

       މިރަށު ސްޕޯޓސް އެރީނާ ތެރޭގައި ހަދަންފަށާފައި ނުނިމި ހުރި ބަށިކޯޓުގެ ނުނިމި ހުރި މަސައްކަތް ތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެ ލައްވާފަރާތް ތަކުން 2017 އޮކްޓޯބަރ 23  ވަނަ ދުވަހުގެ 11.00 ށް ކައުންސިލްގެ އިދާރައަށް ދުރުވެ މަޢުލޫމަތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޯބަރ 31 ވަނަ ދުވަހުގެ 11.00 ށް އަލިފުށީ ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

       ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވި ފަރާތް ތަކަށެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ ކޮންމެ މީހަކަށް އެއް އަންދާސީ ހިސާބެވެ އަންދާސީ ހިސާބު ހުށައަޅުއްވާއިރު ހުށައަޅުއްވާ އަގުގެ އިތުރުން މަސައްކަތް ނިމޭނެ މުއްދަތު ހިމެނިފައި އޮންނަންވާނެއެވެ.

       މިހެންވެ މިކަން ޢާއްމު ކޮށް އަންގާ އިޢުލާނުކުރީމެވެ.

       26 މުޙައްރަމް 1439

       16 އޮކްޓޯބަރ 2017

16 އޮކްޓޫބަރު 2017
ހޯދާ