ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ވެހިކަލްތަކަށްދިމާވާ މައްސަލަ ހައްލުކުރުން.

  • އަންދާސީ ހިސާބު ބޭނުންވެއްޖެ.

މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދީ ދާއިމީގޮތެއްގައި ވެހިކަލްތައް މަރާމާތު ކޮށްދޭނެ ފަރާތެއް (އެއް އަހަރު ދުވަހުގެ މުއްދަތައް) ހޯދަނ ބޭނުންވެގެންކުރި މިކައުންސިލްގެ ނަންބަރ: (IUL) 258/2017/68 އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 22 އޮކްޓޯބަރު 2017 ވާ އާދީއްތަ ދުވަހުގެ 10.30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 10.30 އަށްއަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

11 އޮކްޓޫބަރު 2017
ހޯދާ