އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ކްލެއިމްސް ޕްރޮސެސިންގ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: ކްލެއިމްސް ޕްރޮސެސިންގ

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
  2. މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
  3. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  4. ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ބަލައިގަތުމާއި، ބަލައިގަންނަ އިންވޮއިސްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި އަދި ލިބޭ އިންވޮއިސްތައް ގުޅުންހުރި ޑިޕާޓްމެންޓަށް ފޮނުވުން
  2. އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބެލެހެއްޓުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވޮއިސްތަކާއި ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
  3. އިންވޮއިސްގެ ޞައްޙަކަން ޕޯޓަލް މެދުވެރިކޮށް ބަލައި ޗެކްކުރުން
  4. ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮސެސްކޮށް ނިންމައި އިންވޮއިސްތައް ޕްރިންޓްކުރުމާއި، ސްކޭންކުރުމާއި އަދި ފައިލުކުރުން
  5. އިންވޮއިސްތައް ހުއްދަ ލިބެންޖެހޭ ފަރާތުގެ ހުއްދަ ލިބުމުން އެކައުންޓްސް އެން ފައިނޭންސް ޑިޕާޓްމެންޓަށް ފޮނުވުން
  6. ފައިސާ ދެއްކިފައިވާ ނުވާ އިންވޮއިސްތަކުގެ ރިޕޯޓުތައް ސްޕަވައިޒަރެއްގެ ލަފައާއެކު ތައްޔާރުކުރުން
  7. ޚިދުމަތްދޭ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަތުމާއި އަދި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން

މުސާރައާއި އިނާޔަތް :

- މުސާރަ: -/4000 ރުފިޔާ

- ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)

- އެޓެންޑަންސް އެލަވަންސް: -/1400 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ) 

ކުރިމަތިލުމުގެ ސުންގަޑި: 2017 އޮކްޓޫބަރު 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.


ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

09 އޮކްޓޫބަރު 2017
ހޯދާ