މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ތެޔޮތާނގީތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

ކައުންސިލްގެ ތެޔޮތާނގީތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

ބަނދަރުގެ ބޭރު ފަސްގަނޑުގައި ހުރި ތެޔޮ ތާނގީތަކާއިއެކު 5000 އަކަފޫޓުގެ ބިން، ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ ނަމްބަރ: (IUL)332-ADHR/332/2017/6 (16 އޮގަސްޓް 2017)

އިޢުލާން ބާތިލުކޮށް، މިއިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް، ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

ތަފުސީލް

ތާރީޚް

ދުވަސް

ގަޑި

ބިޑުފޮތް ވިއްކަން ފެށުން

02 އޮކްޓޯބަރ 2017

ހޯމަ

09:00

ބިޑުފޮތް ވިއްކާ ނިންމުން

08 އޮކްޓޯބަރ 2017

އާދީއްތަ

13:30

މަޢުލޫމާތު ސާފުކުރުން.

09 އޮކްޓޯބަރ 2017

ހޯމަ

10:30

އަންދާސީ ހިސާބު ހުށަހެޅުން

16 އޮކްޓޯބަރ 2017

ހޯމަ

10:30

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން މިއިދާރާއަށް ވަޑައިގެން ބިޑުފޮތް ބައްވައިގަތުމާއިއެކު، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑުފޮތް ބައްވައިގަތުމާއިއެކު، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. ބިޑުފޮތެއްގެ އަގަކީ -/1000 (އެއްހާސް) ރުފިޔާއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގެ ކުރިން ބިޑުފޮތް ބައްލަވައިގަތުމަށް ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ދަންނަވަމެ، ބިޑު ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ބިޑު ހުށަހެޅޭނީ ބިޑުފޮތް ގަންނަ ނަމުގައި ކަމަށްވާތީ އެބިޑު އެހެން ފަރާތެއްގެ ނަމުގައި ހުށައެއް ނޭޅޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6640071 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

02 އޮކްޓޯބަރ 2017

03 އޮކްޓޫބަރު 2017
ހޯދާ