މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ސްޓާފް ޔުނީފޯމް ފޮތި، މި ކުންފުނިން ހުށައަޅާ ނަމޫނާ އާއި އެއްގޮތައް ހޯދާދޭނެ ފަރާތެއް ބޭނުންވެ ކުރެވުނު އިޢުލާން ބާޘިލްކޮށް އަލުން އިޢުލާން ކުރުމާއި ގުޅޭ.

މި ކުންފުނީގެ ސްޓާފް ޔުނީފޯމް ފޮތި، މި ކުންފުނިން ހުށައަޅާ ނަމޫނާ އާއި އެއްގޮތައް ހޯދާދޭނެ ފަރާތެއް  ބޭނުންވެ  ކުރެވުނު ނަމްބަރު: PRC/I-2017/36  އިޢުލާނަށް ހުށަހެޅިފައިވާ ނަމޫނާ ފޮތި ތަފާތުވުމުގެ ސަބަބުން އެ އިޢުލާން ބާޘިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  ވީމާ، މި މިތަކެތި ހޯދައި ދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފު ކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

05 އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00

 12 އޮކްޓޫބަރު 2017 ވާ ބުރާސްފަތި  ދުވަހުގެ 14:00

 

   މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

01 އޮކްޓޫބަރު 2017
ހޯދާ