ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ކޯޓް އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު :1

ރޭންކް:

އީ.އެކްސް 1 

ކްލެސިފިކޭޝަން

ޑިރެކްޓަރ

މަސައްކަތްކުރަންޖެހޭތަން

ކުރިމިނަލް ކޯޓު

އަސާސީ މުސާރަ

-/8835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/2000 (ދެހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-     މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގުރީ ޙާޞިރުކޮށްފައިވުން، ނުވަތަ

2-     މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، އެމް.އެސް 4 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1-      ކޯޓުގެ އިދާރީ މަސައްކަތްތައް އިންތިޒާމުކޮށް ކޯޓުން ދޭންޖެހޭ އެންމެހާ ޚިދުމަތްތަށް ހަރުދަނާކަމާއެކު ދެވޭނެ އިންތިޒާމުތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން ހަމަޖެއްސުމާއި އެޚިދުމަތްތަށް ރާވާ ހިންގާ ބެލެހެއްޓުން.

2-      ކޯޓުގެ އެންމެހާ ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.

3-      ކޯޓުގެ ސްޓްރެޓިޖިކް ޕްލޭން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑުމިނިސްޓުރޭޝަނަށް ފޮނުވުން.

4-      ކޯޓުގެ  މުވައްޒަފުންގެ އެންމެހާ ކަންތައްތައް  (ހިއުމަން ރިސޯސަސް)، ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.

5-      ކޯޓުގެ ޖެނެރަލް އެޑުމިނިސްޓުރޭޝަނާއި، އިންވެންޓުރީއާއި، ސްޓޮކާއި ފައިސާއާބެހޭ އެންމެހާ ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން. 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

 

 

 

 

 

 

 

1-     ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު

2-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-     ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު

5-     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

6-     ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް

ސުންގަޑި

10 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށްއެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
28 ސެޕްޓެންބަރު 2017
ހޯދާ