ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު 5,020.00 ރުފިޔާ

އެލަވަންސް:

1،650 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ރޭންކް:

GS4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ޝަރްޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުންދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
  3. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން ކުއްލިއްޔާ / ސެންޓަރު ހުޅުވައި ލެއްޕުން.
  • ހުރިހާ ޑިޕާޓްމަންޓްތަކުން މަޢުލޫމާތު ހޯދައިގެން، ކުއްލިއްޔާ / ސެންޓަރުގެ ޔައުމިއްޔާ ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ، އެޔައުމިއްޔާގައި ސޮއި ކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  • ކުއްލިއްޔާ / ސެންޓަރުގެ މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓް ކޮންމެ މަހަކު ހެދުން.
  • ކުއްލިއްޔާ / ސެންޓަރަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހިނިހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޯސްތަކަށް ކިޔަވައިދޭން އަންނަ ޕާޓްޓައިމް / ފުލްޓައިމް ލެކްޗަރާރުން ކިޔަވައިދިނުމަށް ބޭނުންވާ އިދާރީ ކަންތައްތަކުގައި އެހީތެރިވުން.
  • ކުއްލިއްޔާ / ސެންޓަރުގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
  • ކުއްލިއްޔާ / ސެންޓަރުގެ ސިއްރުތަކަށް ރައްކާތެރިވުމާއި، ކޯސްތަކާއި ކޯސްތަކުގެ މަންހަޖު އަދި ކޯސްތަކުގެ އިދާރީ އެއްވެސް މަޢުލޫމާތެއް ކޯސްތައް ހިންގުމާއި ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
  • ކުއްލިއްޔާ / ސެންޓަރުގެ ރިސެޕްޝަންގެ ޑެސްކް ބެލެހެއްޓުން.
  • ދަރިވަރުންގެ ހާޒިރީ އަޕްޓޭޑްކޮށް ބެލެހެއްޓުމާއި އެކު ލެކްޗަރާރުންގެ ހާޒިރީ ކިޔަވައި ދެވިފައިވާ ގަޑިތައް އެގޭނެހެން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ދަރިވަރުން ހުށަހަޅާ އެސައިންމަންޓްތަކާ ބެހޭ މަޢުލޫމާތު (ދަރިވަރުގެ ނަމާއި އައި.ޑީ ނަންބަރު، ހުށަހަޅާ އެސައިންމަންޓްގެ މާއްދާގެ ނަން، ކުއްލިއްޔާ / ސެންޓަރަށް އެސައިންމަންޓް ބަލައިގަތް ތާރީޚާއި އަދި ބަލައިގަތް މުވައްޒަފުގެ ނަން) ހިމަނައިގެން ލިސްޓެއް ތައްޔާރުކޮށް ސޮއި ކުރުވުމަށް ފަހު ލެކްޗަރާރުންނާއި އެސައިންމެންޓްތައް ޙަވާލުކުރުން.
  • އިމްތިޙާންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • އިމްތިޚާން ބާއްވާ ހޯލާއި ކުލާސް ރޫމްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  • އިމްތިޚާނު އިންވިޖިލޭޓް ކުރުމުގެ ކަންތައްތަކުގައި ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓާއި ގުޅައިގެން ހަމަޖެއްސުން.
  • ކަޑައެޅިފައިވާ އުސޫލުން އިމްތިޚާނުތަކާއިބެހޭ މަޢުލޫމާތު ދަރިވަރުންނަށް އަންގަމުން ގެންދިއުމުގައި ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓަށް އެހީތެރިވުން.
  • ކޮންމެ ސެމިސްޓަރ އެއް ފެށުމާއިއެކު ކުއްލިއްޔާ / ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން ދަރިވަރުންނަށް ބައިވެރިވެވެން ހުރި މާއްދާތައް ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓަށް އެންގުން.
  • މާއްދާތަކުގެ އައުޓްލައިން ޕްރިންޓްކޮށް ފައިލްތައް ތައްޔާރު ކުރުމާއި، ލެކްޗަރާރުންނަށް ކަޑައެޅިފައިވާ ސްޓޯރޭޖް ފެސިލިޓީތައް ތައްޔާރު ކުރުމާއި އަލަށް ކުއްލިއްޔާ / ސެންޓަރަށް ކިޔަވައިދެއްވަން ފައްޓަވާ ލެކްޗަރާރުންގެ ސީ. ވީ. ފަދަ މަޢުލޫމާތުތައް ހޯދައި ހަމަކުރުމާއި، ފުރިހަމަ ކުރަންޖެހޭ ފޯމްތައް ފުރިހަމަ ކުރުމާއިއެކު އެލެކްޗަރާރުން ރަޖިސްޓްރީ ކުރުން.
  • އެކިއެކި ކަންކަމުގައި ކުއްލިއްޔާ / ސެންޓަރަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
  • ކުއްލިއްޔާ / ސެންޓަރުގެ ކުލާސްތައް ކެންސަލްވުމާއި ކުލާސްތައް ރީޝެޑިއުލްކުރުން ފަދަ ކަންތައްތަކާއި އަދި ކުއްލިއްޔާ / ސެންޓަރުގެ ދަރިވަރުންގެ ޝަކުވާތަކާއި އެކި އެކި ލިޔެކިޔުންތަކުގެ އިތުރުން ޕާޓްޓައިމް ލެކްޗަރާރުންގެ ތާވަލް ތައްޔާރުކުރުން ފަދަ އެންމެހައި ކަންކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަމުން ދިއުން.
  • ކޮންމެ ސެމިސްޓަރެއް ނިމުމުން ކުއްލިއްޔާ / ސެންޓަރުގެ ދަރިވަރުންގެ އެޓެންޑެންސް ރިޕޯޓާއި ލެކްޗަރާރުންގެ އެޓެންޑެންސް ރިޕޯޓް، ކޮންޓެކްޓް ގަޑި އެނގޭނެހެން ތައްޔާރު ކުރުމަށްފަހު، ފޮނުވަންޖެހޭ ޑިޕާރޓްމަންޓްތަކަށް ފޮނުވުން.
  • ކުއްލިއްޔާ / ސެންޓަރުގެ ލެކްޗަރާރުންގެ އިވެލުއޭޝަންތައް ފުރިހަމަ ކުރުމަށްފަހު ކަނޑައެޅޭ އުސޫލުގެ މަތިން ކުއްލިއްޔާ / ސެންޓަރުގެ ޑީން / ހެޑް އަށް ހުށަހެޅުން.
  • ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
  • މަސައްކަތާއި ގުޅޭގޮތުން ޔުނިވަރސިޓީއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
  • މަތީގައި ބަޔާން ކުރެވިފައިވާ މައްސޫލިއްޔަތުތަކުގެ ތެރެއިން ބައެއް، ނުވަތަ އެއްކޮށްވެސް މުވައްޒަފާއި ހަވާލުކުރުމުގެ އިހުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓުން މިފޯމް ލިބިވަޑައިގަންނަވާނެ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ / ކޮލެޖު / ސެންޓަރަކުން ސަނަދު ޙާސިލް ކޮށްފައިވާނަމަ އެކްރެޑިޓް އަދި އަސްލާއެއްގޮތް ކަމުގެ ތައްގަޑު ޖަހާފައިވާ ސަނަދު ހުށަހެޅުން).
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ޔުނިވަރސިޓީއިން ބޭނުންވެއްޖެ ހިނދެއްގައި މި ކޮންޓްރެކްޓް އައު ކުރުމުގެ ބާރު ޔުނިވަރސިޓީގެ ހިއުމަން ރިސޯސް ޑިޕާރޓްމަންޓަށްވެއެވެ.

މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު

8:00 އާއި 23:00 ދެމެދުގެ 06 ގަޑި އިރުއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:

08 އޮކްޓޯބަރު 2017 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022116 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

07 މުޙައްރަމް 1439

27 ސެޕްޓެމްބަރު 2017

27 ސެޕްޓެންބަރު 2017
ހޯދާ