މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

 

ނަންބަރު: (IUL)101/1/2017/218 

 

އިޢުލާން

 

ސަބާ ޕްރޮޖެކްޓް – އެކްސްޓަރނަލް އޮޑިޓް

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރެވެމުންދާ ސަބާ ޕްރެޖެކްޓް (SABAH Project) ގެ އަހަރީ އެކްސްޓަރނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރިންކުރި ނަންބަރ 051(IUL)101/1/2017/ ގެ އިޢުލާނާ ގުޅިގެން ލިބުނު އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކަމަށް ފެންނާތީވެ، އެއިޢުލާން ބާތިލްކޮށް އަލުން އާންމުކޮށް އިޢުލާނު ކުރަމެވެ.

ވިމާ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސެޝަން އަށް 1 އޮކްޓޫބަރ 2017ވާ އާދިއްތަ ދުވަހުގެ 10:00 އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރސްޓް ފްލޯ ކޮންފަރެންސް ރޫމް އަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަން ބަލައިގަނެވޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން އެކަންޏެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ  9 އޮކްޓޫބަރ 2017ވާ ހޯމަ ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރސްޓް ފްލޯ ކޮންފަރެންސް ރޫމްގައެވެ. 11:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރ 8(IUL)101/1/2017/21 އާއި ސަބާ ޕްރޮޖެކްޓް- އެކްސްޓަރނަލް އޮޑިޓް މިހެން ލިޔެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަށް އެޑްރެސްކޮށްފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003019 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

      

25 ސެޕްޓެންބަރު 2017
ހޯދާ