އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ - ފްރޯޑް

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ ނަންބަރު AS-IUL-2017-028  ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

މަޤާމު: އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: ފްރޯޑް

މަޤާމުގެ ޝަރުތު:

  1. ހެލްތާ ގުޅުންހުރި ދާއިރާ އަކުން (ނަރސިންގ ނުވަތަ ފާމަސީ)  ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.
  2. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  3. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  4. ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮޑިޓް މަސައްކަތްތައް ދުވަހުން ދުވަހަށް ބެލެހެއްޓުން
  2. މަހުން މަަހަށް އޮޑިޓް ރިޕޯރޓް ހެދުން
  3. އިމަޖަންސީ އިވެކުއޭޝަން ކޭސްތައް ބަލާ ޗެކްކުރުން
  4. އެކްޝަން ޕްލޭން ހަދާ، އެޕްލޭނާއި އެއްގޮތަށް ރާވާ، ހިނގާ ނުހިނގާގޮތް ބެލުމާއި ކަމާބެހޭ ފިޔަވަޅު އެޅުން
  5. ސާރވިސް ޕްރޮވައިޑަރސްއިންނާއި މުޢާމަލާތުކުރުން
  6. ޑިޕާޓްމަންޓްހެޑް ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި:

2017 ސެޕްޓެންބަރ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ސީވީ.
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ސެޕްޓެންބަރު 2017
ހޯދާ