އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
މަސައްކަތު ( ދާއިމީ )

މަޤާމް:

މަސައްކަތު 

މަޤާމުގެ ނަންބަރު:

J-119838

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާރފް ގްރޭޑް 1                     

ސެކްޝަން:

އެޑްމިން ސެކްޝަން،އަބޫބަކުރު ސްކޫލް

މަޤާމް އޮތް އޮފީސް:

އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލެވަންސް:

-/1,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ސްކޫލުގެ ގޯތިތެރެ ކުނިކެހުން. 
  2. ސްކޫލުގެ ޢިމާރާތްތައް ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ކުނިކަހާ ފޮޅާ ސާފުކުރުން.
  3. ކޮންމެ ދުވަހަކު ސްކޫލުގެ ވަށާފާރު ބޭރު ކުނިކަހާ ސާފުކުރުން.
  4. ސްކޫލުގެ ގޯތިތެރޭގައި ހެދޭ ވިނަތަކާއި، ގޯތިތެރޭގައި ހައްދާފައިވާ ގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން.
  5. ސްކޫލުގެ ޢިމާރާތްތަކުގެ ދޮރުތަކާއި، ދޮރުތަކުގެ ބިއްލޫރިއާއި، ކަތިފިލާތައް މަދުވެގެން މަހަކު އެއްފަހަރު ފެންފޮތިލާ ސާފުކުރުން.
  6. ތަޅުމުގައި ތަށިމުށި ޖަހާފައިވާ ޢިމާރާތްތަކުގެ ތަޅުމުގައި ކިޔެވުން އޮންނަ ކޮންމެ ދުވަހަކު އެއްފަހަރު ރީތިކޮށް މޮޕް އަޅައި ސާފުކުރުން.
  7. ސްކޫލުގެ ޢިމާރާތްތަކުގެ ފަންކާތައް މަދުވެގެން މަހަކު އެއްފަހަރު ފޮޅާ ސާފުކުރުން.
  8. ދަރިވަރުންގެ ފާޚާނާތައް ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ދޮވެ ސާފުކޮށް ބެލެހެއްޓުން.
  9. މަދުވެގެން ހަފުތާއަކު އެއްފަހަރު ދަރިވަރުންގެ ފާޚާނާތަކަށް ސާފުކުރުމަށް ބޭނުންކުރާ ކަމިކަލް ( ސާފު، ކްލީން ކްލީން ވިމް ފަދަ ތަކެތި ) އަޅައިގެން ސާފުކުރުން.
  10. ބަންދު ދުވަސްތަކުގެ ޢަދަދު ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަވެއްޖެ ނަމަ ސްކޫލުގެ ގޯތިތެރެ މާބޮޑަށް ހަޑި ނުވަނީސް ކުނިކަހާ ސާފުކުރުން.
  11. އިމާރާތްތަކުގައި ކުރަންޖެހޭ ކުދިކުދި މަރާމާތު ( ހަޑިވާ ތަންތަނުގައި ކުލައާއި، ދަވާދުލުން ފަދަ ) ކުރުން.
  12. ވަކި މީހަކާ ޙަވާލުކުރެވިފައިނުވާ މަސައްކަތުމީހުން ކުރާޒާތުގެ މަސައްކަތް ކުރުން.
  13. ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމް ކުރުމާއެކު އެއާއި އެއްގޮތަށް ޢަމަލުކުރުން.
  14. ރަސްމީ މަސައްކަތާއި ގުޅިގެން އަންގާ އެންމެހާ ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1.  ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން
  2. މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
  3. ޢުމުރުން 55 އަހަރު ނުވާ މީހަކަށްވުން
  4. މަސައްކަތު ތަޖުރިބާ
  5. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، އަބޫބަކުރު ސްކޫލް އޮފީހަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 

    

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،

10 އޮކްޓޫބަރު 2017  އާއި 14 އޮކްޓޫބަރު 2017 އާ ދެމެދު، އަބޫބަކުރު ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.ވަޑައިގެންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842546 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6842548 އެވެ.އީ-މެއިލް ކުރާނީ   [email protected] އަށެވެ.

ނޯޓް:

 މިޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

 

04 މުޙައްރަމް 1439

24 ސެޕްޓެމްބަރު 2017

 

24 ސެޕްޓެންބަރު 2017
ހޯދާ