މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ. ގުރައިދޫގައި ހުންނަ ދައުލަތުގެ ޙާއްސަ އެހީ އަސް ބޭނުންވާ މީހުންގެ މަރުކަޒުގައި ހެދުމަށް ހަމަޖެހިފައިވާ ދެބުރި އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިޔު އަދި ޓެންޑަރ ޑޮކިޔުމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކ. ގުރައިދޫގައި ހުންނަ ދައުލަތުގެ ޙާއްސަ އެހީ އަސް ބޭނުންވާ މީހުންގެ މަރުކަޒުގައި ހެދުމަށް ހަމަޖެހިފައިވާ ދެބުރި އިމާރާތުގެ  ކުރެހުންތަކާއި ބީ.އޯ.ކިޔު އަދި ޓެންޑަރ ޑޮކިޔުމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް           10 އޯގަސްޓް 2017 ގައި ކުރެވުން ނަންބަރު IUL 23-AP/23/2017/140 އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ޝީޓްގައިވާ ޕޮއިންޓް ދިނުމުގެ ބައިގައި ފުށޫއެރުންތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ސެޕްޓެމްބަރ 24 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޯބަރ 01 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 ޛުލްޙިއްޖާ     1438    

17 ސެޕްޓެންބަރު 2017
ހޯދާ