މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އިންޓެލިޖެންސް އެނަލިސްޓް ގްރޭޑް 2
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމް: އިންޓެލިޖެންސް އެނަލިސްޓް ގްރޭޑް 2

މުސާރަ: މަހަކު -/7،000 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސްގެގޮތުގައި މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

- ޖިއޯ ޕޮލިޓިކްސް، ޕޮލިޓިކަލް ސައިންސް، އިންޓަނޭޝަނަލް ރިލޭޝަންސް، ނުވަތަ ގުޅޭ ދާއިރާއަކުން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އިންޓެލިޖެންސް އެނަލިސިސް ދާއިރާގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އޭ ލެވެލް އިމްތިޙާނުން "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 - އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،

- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

- މީލާދީގޮތުން 18 އަހަރު ފުރިފައިވުން،

- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެއެވެ.

މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  މާލެ

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަނަވަރު،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތަޢުލީމީ ސަނަދު ނުވަތަ ސެޓުފިކެޓުތަކުގެ ކޮޕީ،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓުފިކެޓުތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ، އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯ،

- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު،

- ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 އޮކްޓޫބަރު 05 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

ނޯޓު:

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުން ލިބެން ހުންނާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ www.police.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ.

26 ޛުލްޙިއްޖާ  1438

17 ސެޕްޓެމްބަރު 2017

17 ސެޕްޓެންބަރު 2017
ހޯދާ