އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އޮފިސަރ (ޖީ.އެސް 3)

ނަންބަރު:A)DA-2017/245)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1500 (އެއް ހާސް ފައްސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/3000 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45 

އިތުރު ގަޑި ފައިސާ:

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1-      ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛

2-      ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، އަދި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛

3-      ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، އަދި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

1-      މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

2-      އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

3-      ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

-          ސެކްޝަނުގެ އިދާރީ މަސައްކަތް ކުރުން.

-          އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

-          ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހުގެ ތަފްޞީލު ތައްޔާރުކޮށް، ތަފްޞީލާ އެއްގޮތަށް ސެކިއުރިޓީ އުރައިގައި  ވޯޓުކަރުދާސް ބަންދުކޮށް، ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިދާރީ މަސައްކަތް ކުރުން.

-          ވޯޓުލާ ސަރަހައްދު ބައިކުރުމާއި، ސަރަހައްދުތަކުގެ ޗާޓު ތައްޔާރުކުރުމާއި، ވޯޓުފޮށި ބަހައްޓާނެ ޢަދަދާއި

-           ވޯޓުފޮށި ބަހައްޓާނެ ތަންތަން ހަމަޖެއްސުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

-          ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

-          ވޯޓުނަގާ މަރުކަޒުތަކުގެ ލޭއައުޓް ތައްޔާރު ކުރުމާއި، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ވޯޓުނެގޭނެގޮތަށް  ތަން ތައްޔާރު ކުރުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.

-          އިންތިޚާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާންތައް ބަލައިގަނެ، ރިޕޯޓުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.

-          ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.

-          ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލުތަކުގެ މަޢުލޫމާތު ޢާންމުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން.

-          ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޙާބާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

-       ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

-       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

-       ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

-       އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.  

-       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ސެޕްޓެންބަރ 2017 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

މި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތަކަކީ ތަންތަނަށް ގޮސް، ތަންތަނަށް ދުއްވައިގެން މައުލޫމާތު އެއްކޮށްގެން ކުރަންޖެހޭ މަސައްކަތްތަކަށްވާތީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކުސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކުސް

ތަޢުލީމު

40 މާކުސް

މަސައްކަތު ތަޖުރިބާ

10 މާކުސް

އިންޓަރވިއު

35 މާކުސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

15 މާކުސް

 ޖުމްލަ

100 މާކުސް

ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު އަދި މަސައްކަތު ތަޖުރިބާގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

                             23 ޛުލްޙިއްޖާ  1438

14 ސެޕްޓެންބަރު 2017
ހޯދާ