ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު

                                                                                                                   ނަންބަރު: (IUL)468-U01/468/2017/1002  

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް

ޕްރޮގްރާމް އޮފިސަރ ( ކޮންޓްރެކްޓް )

ރޭންކް

އެމް.އެސް.1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ

ސެކްޝަން

ސިޓީ ޑެވެލޮޕްމަންޓް ސަރވިސް

ވަޒީފާއަދާކުރަންޖެހޭ ތަން

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ

މުސާރަ

5610/-

ސަރވިސް އެލަވަންސް

2000/-

ބޭނުންވާ ޢަދަދު

1 (އެކެއް)

މުއްދަތު

31 މާރިޗް 2018 ގެ ނިޔަލަށް

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް

  • އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެޝަރުޠުތައް

1- ބިޒްނަސް މެނޭޖުމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2- ބިޒްނަސް މެނޭޖުމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

ނުވަތަ

3- ބިޒްނަސް މެނޭޖުމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުންވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1-  ބިދޭސީންގެ ދަފުތަރު އެކުލަވާލައި ބެލެހެއްޓުން

2- ސިޓީގައި ދިރިއުޅޭ ތެލެސީމިއާ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ މަޢުލޫމާތު ބެލެހެއްޓުމާއި އެފަރާތްތަކަށް ބޭނުންވާ ލޭ ހޯދުމަށްޓަކައި ލޭހަދިޔާ ކުރާނެ ފަރާތްތައް ހޯދުމާއި ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުން.

3- ކައުންސިލުން ބަލަހައްޓަންޖެހޭ ކުށްވެރިންގެ ދަފުތަރު އެކުލަވާލައި ކުށްވެރިންގެ ކަންތައްތައް ބެލެހެއްޓުން

 

4- ޕެންޝަނާއި އެކަނިވެރި  މައިންގެ ޢިނާޔަތްތަކާއި ބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކޮށް ބެލެހެއްޓުން.

 

5- ޑިޒާސްޓަރ މެނޭޖްމަންޓާއި ގުޅޭ މަސައްކަތްތައް އަތޮޅު ފެންވަރުގައި ރާވާ މީހުން ހޭލުންތެރި ކުރުމާ ބެހޭ ކަންތައްތައް ބެލެހެއްޓުން.

 

6- އިމަޖެންސީކޮށް ދިމާވާ ސިއްޙީ މައްސަލަތަކުގައި ފިޔަވަޅުއެޅމާއި ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން އަދި ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން

 

 

7- ކުޅިވަރުކުޅޭ ތަންތަނާއި ޤަބުރުސްތާނާއި ފެންބޭރުކުރާ ކާނު ބަލަހައްޓައި އެތަންތަނުގެ ރެކޯޑް ބެލެހެއްޓުން

 

8- ސިޓީގައި ހިންގާ ސްކޫލްތަކުގެ ކިޔަވާ ދަރިވަރުންނާ، މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓުމާ ކިޔަވާ ކުދިންގެ ފެންވަރު މަތިކުރުމަށް، ގުޅިގެން ހިންގަންޖެހޭ ޙަރަކާތްތައް ރާވާ ހިންގުން.

 

މިމަޤާމަށް މީހަކު ހޮވުމުގައި

ބަލާނެ ކަންތައްތައް

-   ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނު ބަލައިގެން

-   މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން

-   ޤާބިލްކަން ކަށަވަރުމަށްޓަކައި އިންޓަވިއު ކޮށްގެން

އިންޓަރވިއުއަދި ޕްރެޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 5 ދުވަސްދުވަހުގެ ތެރޭގައި މިއިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެފަރާތްތަކަށް އެންގޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް ( އެޕްލިކޭޝަން ފޯމް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)                                          

                                

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )                                                 

             

3- ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.               

              

4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ،    ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް  ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.                             


5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:                                                                      

 

 މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން      ބޭރުގެމަތީ ތަޢްލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ        ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )                                           

 

              

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.                                                   

 

6 - ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ                                                      .

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓް ކޮޕީ.            

                

8- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ  ލިޔުންތަކުގެ ކޮޕީ                                                           

                                                                              

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:

-  ދިވެހި ސިވިލް ސަރވިސްގެ  ވަޒީފާ އަށް އެދޭ ފޯމު ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ.

- މިވަޒީފާއަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ދިވެހި ސިވިލް ސަރވިސްގެ ވަޒީއަށް އެދި ހުށަހަޅުއްވަންޖެހޭ ފޯމް ފުރުއްވައި 20 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

%30 ( ތިރީސް އިންސައްތަ)

އިތުރު މަޢްލޫމާތު ހޯދުން

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  ފޯން ނަންބަރ 6865001 ،ފެކްސް: 6860958

އީމެއިލް: [email protected]  

 
12 ސެޕްޓެންބަރު 2017
ހޯދާ