މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ޕިކަޕްގެ ފިއުލް ޕަމްޕް އެޅުވުމައި ބެހޭ

ނަމްބަރު: IUL)337-C-AB/337/2017/34)

އިޢުލާން

 

މިކައުންސިލްގެ ޕިކަޕްގެ ފިއުލް ޕަމްޕް އެޅުވުމައި ބެހޭ:

މިކައުންސިލްގެ އެކިއެކި މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ޕިކަޕްގެ ފިއުލް ޕަމްޕް އަމިއްލަ ތަކެތީގައި އަޅުވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  1. ޕިކަޕްގެ މަޢުލޫމާތު

ބާވަތް: ޓްރަކް

ޕިކަޕްގެ ބްރޭންޑް: ކިއާ (KIA)

ޕިކަޕްގެ މޮޑެލް ނަމްބަރ: K2 700

އިންޖީނުގެ ސީރިއަލް ނަމްބަރ: J2 536405

 2. އަންދާސީ ހިސާބު ހުށަހަޅާނެ ގޮތް:

  • ފިއުލްޕަމްޕުގެ އަގާއި އެޅުވަމަށް ދާ އަގު ދިވެހި ރުފިޔާއިން ބަޔާންކޮށްފައި އޮތުން
  • މަސައްކަތް ނިންމައިދޭނެ މުއްދަތު.
  • މަސައްކަތު ތަޖުރިބާހުރިކަން ބަޔާންކޮށްދޭ ( މަސައްކަތް ނިންމިކަމުގެ) ލިޔުންތައް.

 3.  މަރްކްސް ދޭ މިންގަނޑުތައް:

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

( ހުށަހެޅުނު އެންމެ ކުޑަ އަގު / ހުށަހެޅި އަގު ) × ކަނޑައެޅިފައިވާ % ގޮތުގައި ބަލައިގެން ނިސްބަތުން މާރކްސް ދެވޭނެއެވެ.

އެންމެ ދަށް އަގަށް 40 ޕޮއިންޓް

60

އަގު

( ހުށަހެޅުނު އެންމެ ކުޑަ މުއްދަތު / ހުށަހެޅުނު މުއްދަތު ) × ކަނޑައެޅިފައިވާ % ގޮތުގައި ބަލައިގެން ނިސްބަތުން މާރކްސް ދެވޭނެއެވެ.

އެންމެ ކުޑަ މުއްދަތަށް 30 ޕޮއިންޓް

15

މަސައްކަތް ނިންމާ މުއްދަތު

ތަޖުރިބާ ހުރިތޯ ބަލާނީ މަސައްކަތް ނިންމި ކަމުގެ ލިޔުން ހުށަހެޅުމުންނެވެ.

ތަޖުރިބާ ހުރިކަން އެންގުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ކޮންމެ ލިޔުމަކަށް 5 ޕޮއިންޓް. އެންމެ ގިނަވެގެން ލިބޭނީ 25 ޕޮއިންޓް

25

ފަންނީގޮތުން ޤާބިލްކަމާއި ތަޖުރިބާ ހުރި މިންވަރު

4. އަންދާސީ ހިސާބާއިއެކު ހުށަހަޅާންޖެހޭ އެއްޗިހި:

  • ވިޔަފާރި ކުންފުންޏެއްނަމަ މިނިސްޓްރީ އޮފް އިކޮނޮމިކްގައި ރަޖިސްޓްރީ ކުރިކަމުގެ ކުންފުނި ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރުދެއްނަމަ މިނިސްޓްރީ އޮފް އިކޮނޮމިކްގައި އަމިއްލަ ފަރުދެއްގެ ގޮތުގައި ރަޖިސްޓްރީކުރި ކަމުގެ ސެޓްފިކެޓްގެ ކޮޕީ

 ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 18 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާގެ މީޓިންގް ރޫމްއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީ ހިސާބު ބަލައިނުގަނެވޭ ވާހަކަ ދަންނަވަމެވެ.

11 ސެޕްޓެމްބަރ 2017

11 ސެޕްޓެންބަރު 2017
ހޯދާ