ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ

ދ.ހުޅުދެލި ، ދިވެހިރާއްޖެ

                                          ނަންބަރ: (IUL)378/2017/40 

އިޢުލާން

 

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމް ނަންބަރ:

J-280736

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1 ( މެނެޖީރިއަލް ސަރވިސް 1 )

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމް އޮތް އޮފީސް:

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ، ދ.ހުޅުދެލި

މުސާރަ:

5,610.00 ރުފިޔާ

ސަރވިސްއެލަވަންސް:

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 

 

 

 

 

 

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެއިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢީނާޔަތްތައް )

ދާއިރާތައް:

  1. އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް ބިޒްނަސް މެނޭޖްމަންޓް
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ހިއުމަންރިސޯސަސް މެނޭޖްމަންޓް
  4. ޕްލޭނިންގ
  5. އެކައުންޓިންގ ނުވަތަ ފައިނޭންސް

މަޤާމުގެ ޝަރުތުތައް:

  1. މަޤާމް މަސައްކަތާގުޅޭ ދައިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ  
  2. މާޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދު ޙާޞިލްކޮށްފައިވުން. ނުވަތަ
  3. މާޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދު ޙާޞިލްކޮށްފައިވުމާއިއެކު،  ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމްގެ މަސްއުލިއްޔަތުތަކާއި ވާޖިބުތައް:

  1. ޚަބަރާއި މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ހޯދާ ލިބިގަތުމާބެހޭ ކަންތައްތައް ބެލެހެއްޓުން.
  2. އެކި އެކި ބޭނުންތަކަށް ފަޅުން ވެލި، އަކިރި ދޫކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  3. ކުޅިވަރު ބިންތައް ބެލެހެއްޓުމާއި، ކުޅިވަރު މުބާރާތްތައް ބާއްވާ ފަރާތްތަކަށް އެހީތެރިކަން ދިނުން.
  4. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ޟަރޫރީ ބޭނުންތައް ފުއްދޭނެ ތަނަވަސްކަން ނެތް މީހުންނާއި މޮޔަވާ މީހުންނާބެހޭ ކަންތައްތައް ބެލެހެއްޓުން.
  5. ކުށުގެ ރެކޯޑް ބެލެހެއްޓުން.
  6. ގޯތިގެދޮރާއި ބިންބިމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  7. މަގުގޯޅިއާ ގުޅޭ ކަންތައްތައް ބެލެހެއްޓުން.
  8. ފައިސާއާބެހޭ ސެކްޝަނުގެ ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމާއި ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

-          ފުރިހަމަ ޞިއްޚަތެއްގައިހުރި މީހަކަށް ވުން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުންހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. [

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން މިއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ.  ފެކްސް ނަންބަރަކީ 6760664 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 23 ސެޕްޓެމްބަރ 2017 ވާ ހޮނިހިރު ދުވަހު ހުޅުދެލީ ކައުންސިލް އިދާރާގައި. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

%50

އިތުރުމަޢުލޫމާތު ހޯދުން:

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މިއިދާރާގެ ނަންބަރ 6760049 ފޯނާއެވެ. ފެކްސް ނަންބަރަކީ: 6760664 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

         

ދަންނަވަމެވެ. މިމަޤާމާއި ގުޅިގެން މީގެކުރިން މިއިދާރާއިން ކޮށްފައިވާ ނަންބަރ (IUL)378/2017/39 އިޢުލާންގައި މިމަޤާމާއިބެހޭ ބައެއް މަޢުލޫމާތު ހިމެނިފައި ނުވާތީ، މިދެންނެވި އިޢުލާން ބާޠިލް ކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

                   

                  12  ސެޕްޓެމްބަރ 2017

12 ސެޕްޓެންބަރު 2017
ހޯދާ