ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ރައްވެހިގެ ކުއްޔަށް ދޫކުރުމާއިބެހޭ

ހަނިމާދޫ ރައްވެހިގެ ކުއްޔަށް ދޫކުރުމާއިބެހޭ

                   ހދ.ހަނިމާދޫ ރަށްވެހިގެ  25 އަހަރު ދުވަހުގެ މުއްދަތައް  ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 24 ސެޕްޓެމްބަރު  2017 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 އޮކްޓޯބަރު 2017 ވާ ހޯމަ ދުވަހުގެ 11.00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެވެ.  ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

   މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ސެޕްޓެންބަރު 2017
ހޯދާ