މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، މާލެ ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރި ލިސްޓުގައި އޮތް ކުށެއް އިޞްލާޙްކުރުން

އިޢުލާން

މި މިނިސްޓްރީން 2017 ސެޕްޓެންބަރު 11 ވަނަ ދުވަހު ކުރި ނަންބަރު IUL)138-AS7/138/2017/73) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޢާއިލާތަކަށް ޚާއްޞަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ފްލެޓްތަކަށް ޝަރުޠުހަމަވެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރި ލިސްޓުގެ ސުމާރު ނަންބަރު 273 އާއި ސުމާރު ނަންބަރު 350ގައި އެއް ފޯމް ނަންބަރެއް ޖެހިފައިވަނީ ޓައިޕްކުރުމުގެ ކުށަކުން ކަމުގައިވާތީ، އެ ދެ ސުމާރު ނަންބަރުގެ ރަނގަޅު ފޯމް ނަންބަރުތައް ޢާންމުކޮށް އިޢުލާންކުރީމެވެ.

ސުމާރު ނަންބަރު

ފޯމް ނަންބަރު

273

C1 00808

350

C1 07392

21 ޛުލްޙިއްޖާ 1438

12 ސެޕްޓެންބަރު 2017

12 ސެޕްޓެންބަރު 2017
ހޯދާ