މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތުގެ އިސްތިޢުމާލު ނުކުރާ ގޭބީސީތަކަށް ޢިނާމު ދިނުމާބެހޭ އުޞޫލު

 

 

 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

  މިނިސްޓްރީ އޮފް ހެލްތު

        މާލެ،                                                    

      ދިވެހިރާއްޖެ                                       

                                                

 

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ގޭބީސީތަކަށް ޢިނާމު ދިނުމާބެހޭ އުޞޫލު

 

 "ދުންފަތުގެ އިސްތިޢުމާލު ނުކުރާ ގޭބިސީތަކަށް ދޭ ޢިނާމު" އަކީ  ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ކޮންޓްރޯލްކޮށް ދިވެހި ޢާއިލާތައް ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުމަށް ހިތްވަރު ދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި މިނިސްޓަރ އޮފް ހެލްތު ދެއްވާ އިނާމެކެވެ.

(ހ)

1

ތަޢާރަފާއި ނަން

"ދުންފަތުގެ އިސްތިޢުމާލު ނުކުރާ ގޭބިސީތަކަށް ދޭ ޢިނާމު" ދެވޭނީ އެކަމަށް ކަނޑައަޅާ ޢާންމު ކުރެވޭ އުޞޫލާ އެއްގޮތަށެވެ.

(ށ)

 

 

 

މި އުޞޫލަށް ކިޔާނީ "ދުންފަތުގެ އިސްތިޢުމާލު ނުކުރާ ގޭބީސީތަކަށް އިނާމު ދިނުމާބެހޭ އުޞޫލު" އެވެ.

(ނ)

 

 

 

ދިވެހި ގޭބިސީތަކުގައި ދިރިއުޅޭ މީހުންނަކީ ދުންފަތާއި ދުންފަތުގެ ދުމުން ރައްކާތެރިވެ، ޢާންމު ޞިއްޙަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި، ގޭގައި ދިރިއުޅޭ މީހުން ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި ހިތްވަރުދީ، އެކަމުގެ އަގު ސަރުކާރުން ވަޒަންކުރުން.

(ހ)

 

 

2

މަޤްޞަދު

ދިވެހިންނަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބޭ ބަޔަކަށް ހެދުމަށް ބާރުއެޅުން.

(ށ)

 

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުން.

(ނ)

 

ދިރިއުޅޭ މާހައުލަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ދުމުން ރައްކާތެރި މާހައުލަކަށް ހެދުން.

(ރ)

 

 

 

މި އިނާމު ލިބޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާނަމައެވެ.

 

3

އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ އަސާސީ ޝަރުޠުތައް

ދިވެހި ގޭބިސީއެއް ކަމުގައިވުން.

(ހ)

 

 

އެ ގޭބިސީއެއްގައި ދިރިއުޅޭ ބަޔަކު ދުންފަތުގެ އިސްތިޢުމާލު ނުކުރާތާ މަދުވެގެން 01 އަހަރު ދުވަސް ވެފައިވުން.

(ށ)

 

 

ގޭބިސީއަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ގޭބީސީއެއްކަން ކުރާ ސާވޭއިން ކަނޑައެޅިފައިވުން.

(ނ)

 

 

މި އިނާމު ޙައްޤުވާ ފަރާތްތައް ކަނޑައަޅާނީ، އެކަމަށްޓަކައި މިނިސްޓަރ އޮފް ހެލްތު އެކުލަވާލާ ކޮމިޓީ އަކުންނެވެ.

(ހ)

4

އިނާމުލިބޭ ފަރާތްތައް ކަނޑައެޅުން

މި އިނާމު ދެވޭނީ އަހަރަކު އެއްފަހަރުއެވެ.

(ށ)

 

 

މި ޢިނާމަށް މުއްދަތު ގުނަން ފަށާނީ ޢިނާމު އިޢުލާނު ކުރި ތާރީޚް ކަމަށްވާ 24 އޮގަސްޓް 2016 އިން ފެށިގެންނެވެ.

(ނ)

 

 

މި އިނާމު އެ ގޭބިސީއަކަށް ދިނުމަށްފަހު، އެ ގޭބިސީއެއްގައި ދުންފަތުގެ އިސްތިޢުމާލު ކޮށްގެން ނުވާނެއެވެ.

(ރ)

 

 

މި އިނާމަށް އެދި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޢާންމުކޮށް އިޢުލާނުކުރުމުން، އެކަމަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށެވެ.

 

5

ކުރިމަތި ލާނެ ގޮތް:

11 ޛުލްހިއްޖާ 1438

 

11 ސެޕްޓެންބަރު 2017
ހޯދާ