ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު

ބީލަން ހުށަހެޅުމުގެ ދައުވަތު

  1. ފ. ދަރަނބޫދޫގެ ކުރީގެ ތަޤްވާމިސްކިތް ގޯތީގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
  2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
  3. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 20 ސެޕްޓެންބަރު 2017 ވާ ބުދަ ދުވަހުގެ 13:00 ގައި ފ. ދަރަނބޫދޫ ކައުންސިލް ގެ އިދާރާގެ ޖަލްސާކުރާ ހޯލް ގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 27 ސެޕްޓެންބަރު 2017 ވާ ބުދަ ދުވަހުގެ 13:00 ގައި ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލް ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "ފ. ދަރަނބޫދޫގެ ކުރީގެ ތަޤްވާމިސްކިތް ގޯތީގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް" .

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު.

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2017
ހޯދާ