ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

ޖީ އެސް 3

ރޭންކް

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

01 (އެކެއް)

ޢަދަދު

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

-/4465 ރުފިޔާ

އަސާސީ މުސާރަ

-/1500 ރުފިޔާ

ސަރވިސް އެލަވަންސް

-/2550 ރުފިޔާ

ލިވިންގ އެލަވަންސް

އަސާސީ މުސާރައިގެ %40

ޖުޑީޝަލް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު ގަޑީގެ ފައިސާ

1-   މި މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

2-   މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ތަޢުލީމާއި ތަޖުރިބާ

1- ކޯޓް ކަލަންޑަރާ އެއްގޮތަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 7:45 ކުރިން ކޯޓް ހުޅުވުން.

2- މުވައްޒަފުންގެ ހާޟިރީ އާއި އިތުރުގަޑީގެ ހުއްދަ އަދި އިތުރުގަޑީގެ ހާޟިރީ ބެލެހެއްޓުން.

3- މުވައްޒަފުންގެ ފެންވަރުބެލުމާއި ބެހޭ އެންމެހައި ކަންތައްތަކެއް  ބެލެހެއްޓުން.

4- ވެރިންގެ ޙާޟިރީއާއި މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން

5- މުވައްޒަފުންގެ ޙާޟިރީ ރިޕޯޓާއި ފަނޑިޔާރުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

6- އިދާރީ އެންމެހާއި ފޮތްތަކާއި ފައިލްތައް ބެލެހެއްޓުމާއި ކޯޓުގެ ޔައުމިއްޔާ ތައްޔާރުކުރުން.

7- ކޯޓު ހުޅުވާ ލެއްޕުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން

8- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.

9- އަހަރުން އަހަރަށް މުވައްޒަފުންގެ ޗުއްޓީ ޝެޑިއުލް ތައްޔާރުކުރުން.

10-ތަފާސްހިސާބު ރިޕޯޓް ތައްޔާރު ކުރުމަށްފަހު ފޮނުވަންޖެހޭ  ފަރާތްތަކަށް ޤަވާޢިދުން ފޮނުވުން.

11-އިސްމެޖިސްޓްރޭޓް ނުވަތަ އިސްމެޖިސްޓްރޭޓްގެ ޒިންމާ ނަންގަވާ ފަރާތަކާއި ބައްދަލުކުރަން އަންނަ ފަރާތްތަކުގެ އިންތިޒާމް ހަމަޖެއްސުން.

12-  މިކޯޓަށް ކަނޑައަޅާފައިވާ މުއްދަތު ކޯޓު ކަލަންޑަރާއި އެއްގޮތަށް މުއްދަތުގެ ކަންތައްތައް ރަސްމީ ބަންދު ދުވަސްތަކާއި ރަސްމީ ދުވަސްތަކުގައި ކުރިއަށް ގެންދިއުން.  

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

1-ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ

2-ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

3-ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.)

5-ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

6-ވަޒީފާގައި އުޅޭނަމަ ނުވަތަ އުޅެފައިވާނަމަ އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ނަމާއި، މަސްއޫލިއްޔަތު، އަދި އެވަޒީފާގައި ހޭދަވި މުއްދަތާއި ވަޒީފާގެ ރޭންކް އެނގޭނެ ރަސްމީލިއުމެއް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 14  ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިކޯޓަށް ހުށަހެޅުން އެދެމެވެ.

ސުންގަނޑި

މިކޯޓުގެ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.

 

 

08 ޛުލްޙިއްޖާ 1438

30 އޮގަސްޓް 2017

30 އޮގަސްޓް 2017
ހޯދާ