ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓެންޓަކު ބޭނުންވެއްޖެ.

މަޤާމް :ފާރމަސީ އެސިސްޓަންޓް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ފާރމަސީ އެސިސްޓަންޓް

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3380 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: ހދ.ކުމުންދޫ ފާރމަސީ/ މެޑިކަލްސް ޑިޕާރޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
  • ބިލް ހެދުން
  • މުއްދަތުހަމަވާ ބޭސްތައް ޗެކުކުރުންް
  • ރެކުތަކުގައި ބޭސް ޖެހުން
  • ކްރެޑިޓް ބިލް ޗެކުކުރުން
  • އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުތު

  • ފާރމަސީއާ ގުޅޭ ދާއިރާއަކުން ކޯސް ފުރިހަމަ ކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާން ފުރިހަމަ ކޮށްފައިވުން

އެހެނިހެން ހުނަރު

  • މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވެން

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 10 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344179/3344368/ އީމެއިލް އެޑްރެސް:[email protected]

24 އޯގަސްޓް 2017

 

24 އޮގަސްޓް 2017
ހޯދާ