ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ މަޝްރޫޢުގެ ދަށުން ކަނެކްޝަން ނުލިބޭ ފަރާތްތަކަށް ކަނެކްޝަން ދިނުން

ހއ ދިއްދޫގައި ސަރުކާރުން ހިންގާ ފެނުގެ މަޝްރޫޢުގެ ދަށުން، މިހާރު ފެނުގެ ކަނެކްޝަނެއް ލިބިފައި ނެތް ފަރާތްތަކުގެ ތެރެއިން، ތިރީގައި މި ދަންނަވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް ފެނުގެ ކަނެކްޝަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

  1. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދައިދެވިފައިވާ ތަންތަން.
  2. ޢާންމު ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވާ ތަންތަން.
  3. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދައިދެވިފައި އޮތަސް، ބައިކުރެވިފައި ވަކިން ދިރިއުޅޭ ގޭބިސީތަކެއް ކަމުގައި ކައުންސިލުން ރަސްމީކޮށް ކަނޑައަޅާފައިވާ ތަންތަން.
  4. ޢާންމު ވިޔަފާރިއާއި ޞިނާޢީ މަސައްކަތްކުރާ ތަންތަން.
  5. ގޯތީގައި ޢިމާރާތެއްކޮށް، އެ ޢިމާރާތުގެ ފާރުތައް ރާނާ ހިޔާކުރެވިފައިވާ ތަންތަން.
  6. ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އިޖްތިމާޢީ ބޭނުންތަކަށް ބޭނުންކުރާ ތަންތަން.

 

މި ދެންނެވުނު ފަރާތްތަކުގެ ތެރެއިން 6 ވަނަ ނަންބަރުގައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ޚާއްޞަކޮށް، 26 އޮގަސްޓް 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:00 ގެ ނިޔަލަށް ހއ ދިއްދޫ ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި މި ކަމާ ބެހޭ މަޢުލޫމާތު ދިނުމަށާއި، ފޯމް ހުށަހެޅުއްވުމަށް އަދި ޝަކުވާ ބަލައިގަތުމަށް ޑެސްކެއް ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

ވީމާ، މި ވަގުތު ފެނުގެ ޚިދުމަތުގެ ކަނެކްޝަނެއް ލިބިފައި ނެތް، އަދި މަތީގައި ދެންނެވުނު ޝަރުތުތައް ހަމަވާ ފަރާތްތަކުން، އެ ގަޑީގައި ކައުންސިލްގެ އިދާރާއަށް ވަޑައިގެން، މި ކަން ސާފުކުރައްވައި ފެނުގެ ކަނެކްޝަނެއް ހޯއްދެވުމުގެ ކަންކަން ކުރިއަށް ގެންދިޔުއްވުމަށް އެދި ދެންނެވީމެވެ. އަދި ދަންނަވަމެވެ. މި ފުރުޞަތު ދޫކޮށްލައްވައިފިނަމަ، މަޝްރޫޢު ނިމޭއިރު، ފެނުގެ ކަނެކްޝަނެއް ނުލިބި، ފަހުގެ މަރުޙަލާއެއްގައި ފައިސާ ދައްކާގޮތަށް މި ޚިދުމަތް ހޯދަން ޖެހިދާނެތީ، މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

20 އޮގަސްޓް 2017
ހޯދާ