ބިލެތްދޫ ހެލްތު ސެންޓަރ
ދިވެހިރާއްޖެ
މިމަރުކަޒަށް ރިސެޕްޝަނިސްޓެއް ހޯދުމަށް ކުރެވުނު ނަންބަރު: L3HC-A/2017/01 (22 އޯގަސްޓް 2017) އިޢުލާން ބާތިލްކޮށް އެމަޤާމަށް އަލުން އިޢުލާނުކުރަމެވެ.

 

ނަންބަރު: L3HC-A/2017/02

އިޢުލާން

 

މިމަރުކަޒަށް ރިސެޕްޝަނިސްޓެއް ހޯދުމަށް ކުރެވުނު  ނަންބަރު: L3HC-A/2017/01 (22 އޯގަސްޓް 2017)   އިޢުލާން ބާތިލްކޮށް އެމަޤާމަށް އަލުން އިޢުލާނުކުރަމެވެ.

 

މަޤާމް:

ރިސެޕްޝަނިސްޓް

މަޤާމުގެ ނަންބަރު:

J-281042

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ . އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިދާރީ(އޭ-ސެކްޝަން)

މަޤާމް އޮތް އޮފީސް:

ފ.ބިލެއްދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ.ބިލެއްދޫ ޞިއްޙީމަރުކަޒު

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ ޝަރުތުތައް:

1. ޖާރނަލިޒަމް، ޕަބްލިކް ރިލޭސަން، ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއްހާސިލްކޮށްފައި ވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭސަން ފޮރިން ރިލޭޝަން، އިންފޮމޭސަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

2.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީމަރުކަޒަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހައްދަންޖެހޭ މެމޯތަކާއި ބިލް ހައްދައި ދިނުން
  2. އެކިއެކި ސްކީމްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް މަރުކަޒުން އެޚިދުމަތް ފޯރުކޮށްދިނުމުގައި ފުރިހަމަކުރަންޖެހޭ އެންމެހައި ރެކޯޑްތަކެއް ފުރިހަމަކުރުން
  3. ބަލިމީހުންގެ ރެޖިސްޓްރޭޝަންގެ ހުރިހައި މަސައްކަތެއް ކުރުމާއި ، އޯ ޕީ ޑީ އަށް އެހީތެރިވެދިނުން
  4. މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރެއިން އަގުނަގަންޖެހޭ ޚިދުމަތްތަކަށް ކަނޑަ އެޅިފައިވާ އަގުނެގުމާއި، އެކަމާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ރެކޯޑްތައް ފުރިހަމަކޮށް ދުވަހުން ދުވަހުން މަރުކަޒުން ކަނޑައަޅާ ފަރާތަކާއި ފައިސާ ހަވާލުކުރުން
  5. ޞިއްޙީމަރުކަޒަށް ޚިދުމަތްހޯދެވުމަށް އަންނަ ފަރާތްތަކަށް އަދަބު އިޚުތިރާމާއި އެކު މުޢާމަލާތްކުރުމާއި އެކު،  އެޚިދުމަތެއް ލިބިގަތުމުގައި އަމަލުކުރަންވީ ގޮތް ބުނެދިނެދީ އެހީތެރިވުމާއި، މަރުކަޒަށް އަންނަ ފޯނުކޯލުތަކަށް އަދަބު އިޚްތިރާމާއި އެކު ޖަވާބުދާރީވެ ކަންކުރަންވީ ރަނގަޅުގޮތް ބުނެދިނުން
  6. ތަރުޖަމާނަކު ނެތްނަމަ ހާލަތްތަކުގައި ޑޮކްޓަރ ކޮޓަރީގައި ބަލިމީހުންބެލުމުގައި އެހީތެރިވެ ދިނުމާއި ރިފަރަލް، މެޑިކޯ ލީގަލްފަދަ ލިޔުންތައް ތައްޔާރުކުރުން.
  7. ރަސްމީ މަސައްކަތު ގަޑީގައިއާއި، ނުރަސްމީ ގަޑީގައި ހަމަޖެހިފައިވާ އުސޫލުން ޞިއްޙީމަރުކަޒު ހުޅުވުން
  8. ޞިއްޙީމަރުކަޒަށް ލިބޭތަކެތި ބަލައި ގަތުމާއި، އެންޓްރީކޮށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން
  9. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް މަރުކަޒުގެ މަސައްކަތްތަކާއިގުޅޭގޮތުން މަރުކަޒުން އަންގާ ކަންތައްތައް ކުރުމާއި މަރުކަޒުން ރާވާ ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ރަސްމީ ގަޑީގައި މިމަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ (www.csc.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ސެޕްޓެމްބަރު 10 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، މިމަރުކަޒުގެ އޮފީހަށެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2017 ސެޕްޓެމްބަރު 11  ން 2017 ސެޕްޓެމްބަރ 23އާ ދެމެދު މިމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%

 

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މިމަރުކަޒުގެ ނަންބަރު 7902156 ފޯނާއެވެ.

 

 

23 އޮގަސްޓް 2017
ހޯދާ