ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ގެ ބޭނުމަށް ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ.

އިޢުލާން

އެސްޓީއޯ ގެ ބޭނުމަށް ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ.

މި ކުންފުންޔަށް ބޭނުންވާ ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (60-އޭޑީއެމް/161/2017) ބާޠިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތް: މި ކުންފުނިން ދޭ މަޢުލޫމާތާއި ސްޕެސިފިކޭޝަން އާއި އެއްގޮތަށް 1 ސެކަންޑް ހޭންޑް ވެހިކަލް ސަޕްލައި ކޮށްދިނުން

ބާވަތް: ޑީސަލް ޕިކަޕް

މޮޑެލް: ޓޮޔޯޓާ، ނިސާން، އިސުޒު އަދި މިޓްސުބިޝީ

ޓަނޭޖް: 2 - 4 ޓަނު

އިންސްޕެކްޝަން: ބީލަން ހުށަހަޅައިގެން ހޮވޭ ފަރާތުން 07 ދުވަހުގެ ތެރޭގައި އިންސްޕެކްޓް ކުރުމަށްޓަކައި ވެހިކަލް ފޯރުކޮށްދެވެން ވާނެއެވެ

މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ. 

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2017 އޯގަސްޓް 29 ވާ ދުވަހުގެ 1100ގެ ކުރިން އެސްޓީއޯ  ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަން ކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރާނީ 2017 އޯގަސްޓް 29 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. 

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 އޯގަސްޓް 30 ވަނަ ދުވަހުގެ 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅަން ބޭނުންވާ ސުވާލުތައް 2017 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ  1400ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2017 ސެޕްޓެމެބަރ 10 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ 1500 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

 

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު: 3344196 ، 3344321

ފެކްސްް: 3344633

އީމެއިލް: [email protected]

            

23 އޯގަސްޓް 2017

23 އޮގަސްޓް 2017
ހޯދާ