މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދަރުބާރުގެއަށް ބޭނުންވާ 40 މޭޒު ހޯދުމަށް:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދަރުބާރުގެއަށް ބޭނުންވާ 40 މޭޒު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ : (IUL)138-AS6/1/2017/182 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

 

   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓް 28 ވާ ހޯމަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 13:30 އިން ފެށިގެން 2017 އޮގަސްޓް 28 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ281 4-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

22 އޮގަސްޓް 2017
ހޯދާ