ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ވިނަވި ސްކީމް (މަތީ ތަޢުލީމުގެ އެހީގެ ފުރުޞަތު)

މިއިއުލާން އަކީ 03 ޖުލައި 2017 ގައި ކުރެވިފައިވާ މިއިދާރާގެ ނަމްބަރ (IUL)231-ED/231/2017/38 އިޢުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީއާއި، ވީހާވެސް ގިނަ ދަރިވަރުންތަކަކަށް ފާދިއްޕޮޅު ވިނަވި ސްކީމް މެދުވެރިކޮށް މަތީ ތަޢުލީމު ޙާޞިލްކުރުމަށް ފުރުޞަތު ހުޅުވާލުމަށްޓަކައި ކުރެވޭ އިއުލާންއެކެވެ. ފާދިއްޕޮޅު ވިނަވި ސްކީމްއިން މަތީ ތަޢުލީމު ޙާސިލްކުރުމަށްޓަކައި އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މުއްދަތު 31 ޑިސެމްބަރ 2017 ނިޔަލަށް ހުޅުވައިލެވިފައިވާނެއެވެ. ނަމަވެސް 31 ޑިސެމްބަރ 2017 ގެ ކުރިން 37 ފުރުޞަތަށް އެދި އެޕްލިކޭޝަންފޯމް މިއިދާރާއަށް ލިބިއްޖެނަމަ އެޕްލިކޭޝަން ބަލައިގަތުން ބަންދު ކޮށްލެވޭނެވާހަކަ ދެންނެވީމެވެ.

ނަމްބަރު: (IUL)231-ED/231/2017/55

ތާރީޚް: 21 އޯގަސްޓް 2017

37 ފުރުޞަތު

އެހީގެ އަދަދު:

ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް އާއި ހަމައަށް ތަޢުލީމު ޙާޞިލްކުރުމަށް ދެވޭ މާލީ އެހީ

އެހީގެ ބާވަތް:

މިސްކީމްގެ ދަށުން އަނބުރާ ދައްކާގޮތަށް ފައިސާގެ އެހީ ދޫކުރެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލްކުރާ ކޮލެޖް، ޔުނިވަރސިޓީ/ އިންސްޓިޓިއުޝަންތަކުން ތައުލީމު ހާޞިލްކުރުމަށް މިކައުންސިލުން ކަނޑައަޅާފައިވާ ދާއިރާއަކުން ކޯހެއް ފުރިހަމަކުރުމަށް ހުށަހަޅާ ފަރާތްތަކަށެވެ. މިސްކީމްގެ ދަށުން އަނބުރާ ދައްކާގޮތަށް ފައިސާގެ އެހީ ދޫކުރެވޭ ދާއިރާތަށް ފާދިއްޕޮޅު ވިނަވި ސްކީމް އުސޫލުގެ އެނެކްސް 3 ގައި ވާނެއެވެ.

ދާއިރާ:

މިސްކީމުން މާލީއެހީ ދެވޭނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

 

  1.                i.          އަނބުރާދައްކާގޮތަށް މާލީ އެހީއަށް އެދޭފަރާތަކީ މިހާރު މަތީތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރެއް ކަމުގައިވުން ނުވަތަ ތަޢުލީމީ އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއްކަމުގައިވުން. މިހާރު މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރެއް ކަމުގައި ބެލޭނީ 1 މެއި 2017 ގެ ކުރިން ކިޔެވުން ފެށިފައިވާ ދަރިވަރުންނެވެ.
  2.              ii.          މިސްކީމުގެ ދަށުން ކިޔަވާ ކޯސްތަކަކީ އެމް.އެން.ކިއު.އެފް ލެވެލް 5 ން 9 ގެ ފެންވަރާއި ހަމައަށް ކިޔެވުމަށް އެދޭ ފަރާތްތަކަށް ވުން.
  3.           iii.          ފާދިއްޕޮޅު އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖް ލިސްޓުގައި ފާހަގަކޮށްފައިވާ ކޯހެއް ފުރިހަމަކުރުމަށް ހުށަހަޅާ ދަރިވަރަކަށް ވުން. މި ސްކީމުގައި ބަލާނެ ސްކިލްސް ޝޯޓޭޖް ލިސްޓް ފާދިއްޕޮޅު ވިނަވި ސްކީމް އުސޫލުގެ އެނެކްސް 3 ގައި ވާނެއެވެ.
  4.           iv.          ކިޔެވުމަށް އެދި ހުށަހަޅާ ކޯހަކީ، އަނބުރާދައްކާގޮތަށް މާލީ އެހީއަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު، ދަރިވަރުގެ ކިބައިގައި ހުރި ތަޢުލީމީ ފެންވަރުގެ މައްޗަށް ބިނާކޮށް ޕްލޭސްމެންޓް ލިބޭފަދަ ކޯހަކަށް ވުން. ކޯހުގެ ޕްލޭސްމަންޓް ހޯދުމަށްޓަކައި ޕްރީ-ރިކުއިޒިޓުގެ ގޮތުގައި އިތުރު ކިޔެވުމެއް ކިޔަވަން ޖެހިގެން ނުވާނެއެވެ.
  5.              v.          މިހާރު ޙާޞިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. މިހާރު ޙާޞިލުކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓާއި އެއްވަރުގެ ނުވަތަ އެއަށްވުރެ ދަށް ކޯހެއް ފުރިހަމަ ކުރުމަށް މިސްކީމުގެ ދަށުން މާލީ އެހީއެއް ނުދެވޭނެއެވެ.
  6.           vi.          ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނު އެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.
  7.         vii.          މިހާރު ކިޔަވަމުންދާ ދަރިވަރެއްނަމަ މިހާރު ކިޔަވަމުންދާ ކޯސް ފުރިހަމަކުރުމަށް ކުރިން އެހީއެއް ލިބިފައި ނުވުން.
  8.      viii.          މާލީއެހީއަށް އެދޭ ފަރާތަކީ މާލީ އެހީގެ ގޮތުގައި ނެގި ފައިސާ، ފާދިއްޕޮޅު އަތޮޅު ކައުންސިލާ ދެމެދު ވެވޭއެއްބަސްވުމެއްގެ ދަށުން، ފާދިއްޕޮޅު އަތޮޅު ކައުންސިލަށް ދައްކަން އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  9.           ix.          މަތީތަޢުލީމު ޙާޞިލުކުރުމަށް މީގެކުރިން، ލޯނު އެހީއެއް ލިބިފައިވާ ދަރިވަރެއް ނަމަ، ލޯނުގެ ފައިސާ ދައްކާ ޚަލާޞްކޮށްފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. ވޭތުވެދިޔަ ތަނުގައި ސަރުކާރު މެދުވެރިވެގެން މާލީ އެހީއެއް ލިބިފައިނުވާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.
  10.              x.          މިސްކީމުގެ ދަށުން މާލީ އެހީއަށްއެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭއެހީ ނުވަތަ ޕެއިޑު ލީވު ނުވަތަ ލޯނު ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑުގެ ޚިދުމަތަށް ރިޕޯޓުނުކުރާ ފަރާތެއް ކަމުގައި ނުވުން. އަދި މިފަދަ ކޯހެއް ނިންމުމަށްފަހު ބޮންޑުގެ ދަށުން ޚިދުމަތްކުރުމަށް އިންކާރުކޮށްފައިވާ ފަރާތެއް ކަމުގައިނުވުން. ނުވަތަ ބޮންޑުގެ ދަށުން ވަކި ޚިދުމަތަކަށް ނިކުތުމަށް އެންގުމުން ނިކުތުމަށް ޢުޒުރުވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން. ބައިލޭޓަރަލް އެހީގެދަށުން ލިބޭ ސްކޯލަރޝިޕްތަކާއި ޕާރޝަލް ސްކޯލަރޝިޕްތައް ހިމެނެނީ ސަރުކާރު މެދުވެރިވެގެން ލިބޭ އެހީގެ ތެރޭގައެވެ.
  11.           xi.          ބޭންކް އޮފް މޯލްޑިވްސް އިން ނުވަތަ ފާދިއްޕޮޅު އަތޮޅު ކައުންސިލުން ނުވަތަ އެހެންވެސް އިދާރާއަކުން އަނބުރާދައްކާގޮތަށް އެއްވެސް ފައިސާގެ އެހީއެއް ނުވަތަ ލޯނެއް ނަގާފައިވާނަމަ ޤަވާއިދުން ފައިސާ ދައްކަމުން ގެންދާ ފަރާތެއް ކަމުގައި ވުން.
  12.         xii.          ފާދިއްޕޮޅު އަތޮޅު ކައުންސިލުން ބުލެކު ލިސްޓު ކުރާ އެއްވެސް އުޞޫލަކުން ބުލެކު ލިސްޓުވެފައިވާ ފަރާތެއް ކަމުގައި ނުވުން.
  13.      xiii.          އަލަށް ކިޔަވަންފަށާ ދަރިވަރެއްނަމަ، ކިޔެވުމަށް އެދި އަނބުރާ ދައްކާގޮތަށް މާލީ އެހީ ހޯދުމަށް ހުށަހަޅާ ކޯހަކީ މިހާރުވެސް ހިނގަމުންދާ ކޯހެއް ކަމުގައި ވުން. މިކަން ސާބިތުކޮށްދިނުމުގެ ގޮތުން ކޯސް ހުޅުވާލެވިފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން މިހާރުވެސް ކޯސް ހިންގާކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުންތަކުގެ ތެރޭގައި ވެބުސައިޓުތަކުން ނަގާ މަޢުލޫމާތު ވެސް ޤަބޫލުކުރެވޭނެއެވެ.
  14.      xiv.          މިހާރު ކިޔަވަމުންދާ ދަރިވަރެއްނަމަ، ކިޔެވުމަށް އެދި އަނބުރާ ދައްކާގޮތަށް މާލީ އެހީ ހޯދުމަށް ހުށަހަޅާ ކޯހަކީ މިހާރުވެސް ދަރިވަރު ކިޔަވަމުންދާ ކޯހެއް ކަމުގައި ވުން. މިކަން ސާބިތުކޮށްދިނުމުގެ ގޮތުން ކޯސް ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދަރިވަރު މިހާރުވެސް ކޯހުގައި ކިޔަވަމުންދާކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
  15.         xv.          އަނބުރާ ދައްކާގޮތަށް މާލީ އެހީއަށް އެދޭ ފަރާތުން އެހީގެ ފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރއެއް ހުރުން.
  16.      xvi.          ތަޢުލީމު ޙާޞިލްކުރާ ފަރާތްތަކުން ކޯސް ފުރިހަމަ ކުރުމަށްފަހު ފާދިއްޕޮޅު އަތޮޅު ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން ކަނޑައަޅާ ފާދިއްޕޮޅުގައި ޤާއިމުވެފައިވާ މަރުކަޒެއްގައި މާލީ އެހީގެ އެގްރިމެންޓްގެ ތެރެއިން ބޮންޑު ކުރެވިފައިވާ މުއްދަތަށް ޚިދުމަތް ކުރުމަށް އެއްބަސްވާންވާނެއެވެ.
  17.    xvii.          ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ އަނބުރާދައްކާގޮތަށް ދޫކުރެވޭ މާލީ އެހީއާއި ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ).
  18. ދިވެހި ރައްޔިތެއް ކަމުގައިވުމާއި ޅ އަތޮޅުގެ ރަށެއްގެ ރަށްވެއްސަކަށްވުން

 

  • މާލީއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް، ފާދިއްޕޮޅު ވިނަވި ސްކީމްގެ އުޞޫލުގައި (އަލަށް ކިޔަވަންފަށާ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުން)  ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
  • އަތޮޅު ތެރޭގައި ދިރި އުޅޭ ފަރާތްތަކުގެ ތެރެއިން އީމެއިލްއިން އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުންވެސް އެޕްލިކޭޝަން ހުށަހަޅާނީ [email protected]  އަށެވެ. އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން 31 ޑިސެމްބަރ 2017 ގެ ކުރިން އެޕްލިކޭޝަންގެ އަސްލު މިކައުންސިލަށް ހުށަހަޅަން ވާނެއެވެ. އަދި މިމުއްދަތުގައި އަސްލު ހުށަނާޅާނަމަ، އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ސެޓްފިކެޓްތަކުގެ ކޮޕީތައް ހުންނަންވާނި ވެލިޑޭޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓް ކުރުމަށްފަހު އެއިން ހަދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް އަދި ތާރީޚް އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.
  • މާލީ އެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި އުޞޫލުގެ އަނެކްސްތަށް 22 އޯގަސްޓް 2017 އިން ފެށިގެން މިކައުންސިލްގެ ވެބްސައިޓް www.lhaviyani.gov.mv)) އިން ލިބެން ހުންނާއެވެ. ވީމާ، މާލީއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މާލީއެހި ދޫކުރުމުގެ އުޞޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުންއެދެމެވެ.
  • އެޕްލިކޭޝަން ޑިސްކޮލިފައި ނުވާނޭގޮތްހެދުމަށްޓަކައި އެޕްލިކޭޝަން ފޯމްހިފައިގެން އަންނަ ފަރާތުގެ ހާޒިރުގައި އެޕްލިކޭޝަންފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ އެޕްލިކޭޝަން ފޯމް ބަލައެއް ނުގަނެވޭނެއެވެ. އެފަދަ އެޕްލިކޭޝަން ބަލައިގަނެވުނު ކަމުގައިވިޔަސް އިޢުލާނުގައިވާ ޝަރުތު ހަމަނުވާ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.
  • އެޕްލިކޭޝަން ބަލައިގަތުމަށްފަހު އެޕްލިކޭޝަންފޯމަށް ނުވަތަ ފޯމާއެކު ހުށަހެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އެފަރާތްތަށް އެހެން އެޕްލިކޭޝަނެއް ހުށައެއް ނޭޅޭނެއެވެ. ނަމަވެސް އެޕްލިކޭޝަންގެ މުއްދަތުގައި ކުރިން ހުށަހެޅި އެޕްލިކޭޝަން އަނބުރާ ނަގައި އިތުރު އެޕްލިކޭޝަނެއް ހުށަހެޅިދާނެއެވެ.
  • ފޯމުބަލައިގަތުމުގެ އެންމެފަހުދުވަހު ފޯމުހުށަހަޅަން އައުމުން، ފޯމުގައި ފުރިހަމަ ނުކުރެވޭ ބައެއްއޮތްނަމަ ނުވަތަ ފޯމުފުރިހަމަ ކުރެވިފައިވަނީ ރަނގަޅަށްނޫންނަމަ، ފޯމުހުށަހެޅުމަށް އޮންނަ ވަގުތުގެ ތެރޭގައި، އަލުން ފޯމު ރަގަނޅުކޮށްގެން ފޯމުލުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، ފޯމު ހުށަހެޅުމުގެ އެންމެ ފަހުދުވަހާހަމައަށް މަޑުނުކޮށް ފޯމު އަވަހަށް ހުށަހެޅުމަށް ނަޞޭހަތްތެރިވަމެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީގަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާތިލްކުރެވޭނެއެވެ. މާލީއެހީ ހަމަޖެހުމަށްފަހުން މިކަން އެގުންކަމުގައިވިޔަސް މާލީއެހީ ކެންސަލްވާނެއެވެ. މާލީއެހީގެ ދަށުން ކިޔަވަން ފަށާފަހުން މިކަން އެނގުންކަމުގައިވިޔަސް މާލީއެހީ ކެންސަލްކުރެވޭނެއެވެ. އަދި މާލީއެހީގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ ފާދިއްޕޮޅު އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ފާދިއްޕޮޅު އަތޮޅު ކައުންސިލަށް ދައްކަންވާނެއެވެ. ފައިސާ ނުދައްކާފިނަމަ ފައިސާ ހޯދުމަށް މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.
  • ޕޮއިންޓްގެ ގޮތުން، ފަހުޖާގައަށް/ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓްއެއްވަރު ވެއްޖެނަމަ، މިޖާގަ/ޖާގަތަކަށް މާލީއެހީ ލިބޭ ދަރިވަރުން ހޮވާނީ ޤުރުއަތުންނެވެ.
  • ފާދިއްޕޮޅު ވިނަވި ސްކީމްގެ އުޞޫލް (އަލަށް ކިޔަވަންފަށާ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުން) ގެ ދަށުން މާލީއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި،އުޞޫލުގެ ހުރިހައި އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު

  • ފާދިއްޕޮޅު ވިނަވި ސްކީމްއިން މާލީއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަށް.
  • ތަޢުލީމީ ސެޓްފިކެޓްތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފިހަކުން، ލޯ ފާރމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓްފިކެޓް) އެޓެސްޓް ކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، ސެޓްފިކެޓްގެ އަސްލުގައި ދެފުށް ވާނަމަ ދެފުށް ކޮޕީ ނުނަގާ އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާރމްއެއްގެ/ އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް އަދި ތާރީޙް އޮންނަންވާނެއެވެ. އެހެންމީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުންކުރާ އެޓެސްޓޭޝަންތަށްވެސް ހުންނަންވާނީ މިފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ (1 ސެޕްޓެމްބަރ 2016ގެ ކުރިން ލިބިފައިވާ ސެޓްފިކެޓެއްނަމަ) ސެޓްފިކެޓްކަށް ވާންވާނެއެވެ. އަދި ސެޓްފިކެޓް ނުލިބޭފަރާތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޮރިޓީއިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން  ހުށަހަޅަންވާނެއެވެ. މިގޮތުން އެމް.ކިއު.އޭ ގެ ވެބްސައިޓްގެ ސްކްރީން ޝޮޓްވެސް ޤަބޫލުކުރެވޭނެއެވެ. އަދި އެސެޓްފިކެޓާއެކު ތައުލީމު ހާސިލްކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ޙާސިލްކޮށްފައިވާ މަތީ ތައިލީމުގެ ހުރިހާ ސެޓްފިކެޓްތަކެއްގެ ކޮޕީގައި އަސްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮޕް ޕަބްލިކް އެގްޒަމޮނޭޝަނުން ނުވަތަ ލޯފާރމަކުން ތައްގަނޑުޖެހި އަސްލު.

ހުށަހަޅަންޖެހޭ ތަކެތި

  • އެޕްލިކޭޝަންފޯމު ދޫކުރުން 22 އޯގަސްޓް 2017 އިން ފެށިގެން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް (ބަންދު ދުވަސްތައް ނުހިމަނާ) ، ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • އަދި މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިކައުންސިލްގެ ވެބްސައިޓަކީ www.lhaviyani.gov.mv އެވެ.
  • މިސްކީމާއެކު އަޕްލޯޑް ކުރެވިފައިވާ ލިޔުންތަކަކީ:

v އެޕްލިކޭޝަން ފޯމް

v ފާދިއްޕޮޅު ވިނަވި ސްކީމްގެ އުޞޫލް (އަލަށް ކިޔަވަންފަށާ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުން)  އަދި އުޞޫލުގެ އެނެކްސްތައް.

އެޕްލިކޭޝަންފޯމް ދޫކުރުން

  • އެޕްލިކޭޝަންފޯމް ބަލައިގަންނާނީ 22 އޯގަސްޓް 2017 ން 31 ޑިސެމްބަރ 2017 އަށް ހެނދުނު 8:30 ން ފެށިގެން 13:30 އާދެމެދު (ބަންދު ދުވަސްތައް ނުހިމަނާ) ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއިންނެވެ.

ސުންގަޑި

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6620331 ނުވަތަ 6620109 ފޯން ނަންބަރަށެވެ.

އިތުރު މައުލޫމާތު

21 އޮގަސްޓް 2017
ހޯދާ