މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޤްތިޞާދީ ބޭނުންތަކަށް، ވިޔަފާރި އުސޫލުން ބިން ދޫކުރުން

އިއުލާން

މިރަށުގެ ބަނދަރުންނާއި އެހެނިހެން ސަރަހައްދުތަކުން އިޤްތިޞާދީ ބޭނުންތަކަށް، ވިޔަފާރި އުޞޫލުން ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

#

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ދޫކުރެވޭ ބިމުގެ ޢަދަދު

ދޫކުރެވޭ މުއްދަތު

އެންމެ ކުޑަ އަގު

1

އާއްމު ވިޔަފާރިގެ އެޅުމަށް

1200 އަކަފޫޓް

5

15 އަހަރު

އަކަފޫޓަކަށް 10 ލާރި

2

ސައިހޮޓާ، ރެސްޓޯރަންޓް އެޅުމަށް

1200 އަކަފޫޓް

3

15 އަހަރު

އަކަފޫޓަކަށް 15 ލާރި

3

ތެޔޮ ފިހާރަ އެޅުމަށް

1386 އަކަފޫޓް

1

20 އަހަރު

އަކަފޫޓަކަށް 50 ލާރި

4

ބަކަރި/ކުކުޅު ގެންގުޅުމަށް

1800 އަކަފޫޓް

3

15 އަހަރު

އަކަފޫޓަކަށް 10 ލާރި

5

ސޫފިލަނޑާގެ މަސްވެރިކަމަށް

3000 އަކަފޫޓް

1

20 އަހަރު

އަކަފޫޓަކަށް 50 ލާރި

6

ފައިބަރ ދޯނިފަހަރު ބަނުމަށް

6500 އަކަފޫޓް

1

20 އަހަރު

އަކަފޫޓަކަށް 25 ލާރި

 

      ވިމާ، މިބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2017 އޮގަސްޓް 28 ވާ ހޯމަ ދުވަހުގެ 10:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރު ނުވާ ފަރާތްތަކަށް މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިކަމަށް އެދި ހުށަހެޅުމަށް ޚާއްޞަ ކުރެވިފައިވާ ފޯމު މި އިދާރާއިން 2017 އޮގަސްޓް 29 ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 14:00 އަށް ދޫކުރަމުން ގެންދާނެ އެވެ. އަދި މިކަމަށް އެދި ހުށަހަޅުއްވާ ހުށަހެޅުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2017 ސެޕްޓެމްބަރ 18 ވާ ހޯމަ ދުވަހުގެ 10:00 ގައި ބޭއްވޭ ބައްދަލުވުމަކަށް ވަޑައިގެންނެވެ. ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ފޯމުތައް ބަލައިގަނެވެން ނޯންނާނެވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި، ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެ އަދި  "އިޤްތިޞާދީ ބޭނުންތަކަށް، ވިޔަފާރި އުސޫލުން ބިން ހޯދުމަށް އެދި " މިހެން ލިޔުއްވާފައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 6580073 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

22 އޮގަސްޓް 2017
ހޯދާ