މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމް :އެންވަޔަރަންމަންޓް އެނަލިސްޓް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ނަންބަރު (IUL)138-AS4/1/2017/161 (19 ޖުލައި 2017) އިޢުލާނަށް އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

ތިރީގައިމިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެންވަޔަރަންމަންޓް އެނަލިސްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ކޮންޓްރެކްޓުގެ މުއްދަތު:

1 (އެކެއް) އަހަރު

ޑިޕާޓްމަންޓް / ސެކްޝަން:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

އަސާސީ މުސާރައިގެ %35 (މަހަކު)

އިތުރު ޢިނާޔަތްތައް:

1. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ އަސަރު ދެނެގަތުމާއި އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި ގުޅޭގޮތުން އެކިފަރާތްތަކުން ކޮށްފައިވާ ރިސާޗްގެ އަލީގައި ޓެކްނިކަލް ލިޔެކިޔުންތައް ތައްޔާރުކުރުން.

2. އިންފްރާސްޓްރަކްޗރ ޑިޕާޓްމަންޓްގައި ހިންގާ މަޝްރޫޢުތަކަށް ތައްޔާރުކުރެވޭ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްޓްމަންޓްތަކާއި އެއްގޮތަށް މަސައްކަތް ހިނގަމުންދާއިރު ތިމާވެއްޓަށް ކުރާ އަސަރުކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ރިޕޯޓްގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކޮންޓްރެކްޓަރުން ކުރަމުންގެންދޭތޯ ބަލާ މޮނިޓަރކޮށް، ރަނގަޅުކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް އެކަންކަމާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ނިންމާ ޕްރޮޖެކްޓް މެނޭޖަރުން މެދުވެރިކޮށް ކޮންޓްރަކްޓަރުންނަށް އަންގަމުން ގެންދިޔުން.

3. މަޝްރޫއުތަކުގެ އެންވަޔަރަންމަންޓް މޮނިޓަރިންގ ރިޕޯޓްތަކުގައި މަޢުލޫމާތުތައް ޗެކްކޮށް ރިކޯޑް ބަލަހައްޓަމުންގެންދިއުން.

4. މަޝްރޫޢުތަކުގެ މަސައްކަތް ނިމި ޕޯސްޓް ކޮންސްޓްރަކްޝަން ފިޔަވަހީގައި ޕްރޮޕޯނަންޓް ހައިސިއްޔަތުން ކުރިއަށްގެންދަންޖެހޭ އެންވަރަޔަރަންމަންޓަލް މޮނިޓަރިންގ މަސައްކަތައް ރާވާ ހިންގުމަށްފަހު ރިޕޯޓް ތައްޔާރުކުރުން.

5. ކޯސްޓަލް އެންޖިނިއަރިންގ އަދި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކުގެ ސްޓަރްކަޗަރތައް ޑިޒައިންކުރުމުގައި ތިމާވެއްޓަށް ކުރާ އަސަރުކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު ޑިޒައިންކުރާ ފަރާތްތަކަށް ލަފާދީ އެފަދަ ސްޓްރަކްޗަރތައް ޑިޒައިންކުރުމުގައި އެހީތެރިވުން.

6. މަޝްރޫއުތަކުގެ މަސައްކަތްތަކާއި ގުޅިގެން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތަކާއި ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުން.

7. މަޝްރޫއުގެ އެންވަޔަރަންމަންޓް މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމާއި ކޮމިއުނިޓީ ކޮންސަލްޓޭޝަން ހެދުން.

8. އީ.އައި.އޭ ހެދުމަށްޓަކައި ކޮންސަލްޓަންޓުން ހޯދުމަށް ތައްޔާރުކުރުމާއި، ޕްރޮކިއުމަންޓް ޕްރޮސެސްއަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ޕްރޮޖެކްޓް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުގެ މުވައްޒަފުންނަށް ފޯރުކޮށްދިނުން.

9. އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓުގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާ އިމާރާތްކުރުމާއި އުމްރާނީ ތަރައްޤީގެ އެންމެހާ މަސައްކަތްތައް އެކުލަވާލުމަށް ބޭނުންވާ ސްޓޭކްހޯލްޑަރ އަދި ކޮމިއުނިޓީ ކޮންސަލްޓޭޝަންތަކުގައި ބައިވެރިވެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުން.

10. މަޝްރޫޢުތައް ހިނގަމުންދާއިރު ކޮންޓްރެކްޓަރުން މަސައްކަތް ކުރިއަށްގެންދަނީ އީ.އައި.އޭގައި ބަޔާންކޮށްފައިވާ މިޓިގޭޝަން ފިޔަވަޅުތައް އަޅައިގެންތޯ ބެލުމަށްޓަކައި ކުރަންޖެހޭ ސަރވޭ ދަތުރުތައް ކުރިއަށް ގެންގޮސް ރިޕޯޓް ތައްޔާރުކޮށް ޑިޕާޓްމަންޓުގެ ކަމާބެހޭ ޔުނިޓްތަކާއި ހިއްސާކުރުން.

11. ތިމާވެއްޓާއި ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ޑިޕާޓްމަންޓްއިން ހިންގާ މަޝްރޫއުތަކާއި ގުޅުންހުރި ގަވާއިދުތަކަށް ޑިޕާޓްމަންޓުގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކޮށް އެ ޤާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރުމަށް ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ތައްޔާރުކޮށް، މުރާޖާކޮށް ބެލެހެއްޓުން.

12. މަޝްރޫއުތަކާއި ގުޅިގެން ދިމާވާ ތިމާވެށިގެ މައްސަލަތައް ހައްލުކުރުމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއިއެކު ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރުމުގައި އެހެން ސެކްޝަންތަކަށް އެހީތެރިވުން.

13. ޑިޕާޓްމަންޓުގެ ފަރާތުން އެކި މަޝްރޫއުތަކަށް ހަދާ ޑިޒައިންގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ އަސަރު އެކަށީގެންވާ މިންގަނޑުތަކެއްގައި ހިފެހެއްޓުމަށްޓަކައި ޒަމާނާއިއެއްގޮތަށް ބަދަލުކުރުމަށް ހަދަންޖެހޭ ރިސާޗްހެދުމާއި އައު ޓެކްނޮލޮޖީއާއި ބެހޭ ލިޔެކިޔުންތައް ޑިޕާޓްމަންޓްގެ ކަމާބެހޭ ޔުނިޓްތަކާއި ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދިނުން.

14. ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ

4. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮގަސްޓު 30 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004340 ނަންބަރު ފޯނަށް ނުވަތަ 3004193 ނަންބަރު ފޯނާއެވެ.

30 ޛުލްޤަޢިދާ 1438

22 އޮގަސްޓު 2017

22 އޮގަސްޓް 2017
ހޯދާ