ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުން ވެއްޖެ

ނަންބަރު: IUL)120/1/2017/39)

އިޢުލާނު

 

މަޤާމް:                         އެކައުންޓްސް އޮފިސަރ

ބޭނުންވާ ޢަދަދު:                   1 (އެކެއް)

މަޤާމުގެ ގިންތި:                   ދާއިމީ

މަޤާމުގެ ރޭންކް:                   އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:             ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ދާއިރާ:                   ފައިނޭންސް، ސްޓެޓިސްޓިކްސް އަދި އެކައުންޓިންގ

އޮގަނައިޒޭޝަން ޔުނިޓް:              ރިސޯސަސް މެނެޖްމަންޓް ސެކްޝަން،ފައިނޭންސް މެނޭޖްމަންޓް ޔުނިޓް

މަޤާމު އޮތް އޮފީސް:                ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

މުސާރަ:                        މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:               މަހަކު -/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:                 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                             2. ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                             3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  • ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތީން ކުރުން.

 

  1. ފައިސާ ދައްކަންޖެހޭ ބިލްތަކުގެ ޑޭޓާ ޕީވީ ރެޖިސްޓްރީ އަށާއި ފިނޭންސް މިނިސްޓްރީގެ ސެޕް ސިސްޓަމަށް އެންޓަރކުރުމާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބިލްތަކަށް ފައިސާދެއްކުނުކަން ކަށަވަރުކުރުން.
  2. އޮފީހަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމަށް ބޭނުންވާ މުދަލުގެ މަޢުލޫމާތާބެހޭ ޑޭޓާ ކަނޑައެޅިފައިވާ ފޯމްތަކަށް އެންޓަރކޮށް، ފައިސާ ހުރިކަން ކަށަވަރުކުރުމަށްފަހު "ޚަރަދުކުރުމުގެ ހުއްދަ ފޯމް" ފުރިހަމަކުރުމާއި އެޕްރޫވް ކުރުވުން.
  3. ބޭރުގެ އިމްތިހާނުތަކާބެހޭ އިންވޮއިސްތަކާބެހޭ ޑޭޓާ ބިލް ރަޖިސްޓްރީއަށާއި ސެޕް ސިސްޓަމަށް އެންޓަރކުރުމާއިއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބިލްތަކަށް ފައިސާ ދެއްކުނުކަން ކަށަވަރުކުރުން.
  4. ބަޖެޓް ރިކޮންސެލިއޭޓް ކުރުމުގައި ކުރާ ޚަރަދުތަކުގެ ހިސާބުތަކާއި ބެހޭ ޑޭޓާ ކަނޑައެޅިފައިވާ ޝީޓްތަކަށް އެންޓަރކުރުމާއެކު ޚަރަދު ރިކޮންސެލިއޭޓްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  5. ކޮންމެ މަހެއްގެ ފައިސާގެ ރިޕޯޓްތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ ހޯދައި، އެއްކޮށް، ރިޕޯޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަމާބެހޭ އިދާރާއަށް ފޮނުވުން.
  6. ހަރުމުދާ ގަތުމާ ގުޅޭގޮތުން ހޯދަންޖެހޭ ހުއްދަ ހޯދުން.
  7. އޮފީހުގެ އެހެން ސެކްޝަންތަކުން ފައިނޭންސް ސެކްޝަނަށް ލިބިދޭންޖެހޭ މަޢުލޫމާތުތައް ފާހަގަކޮށް، އެ މައުލޫމާތުތައް ހޯދައި އޭގެ ރެކޯޑްސް ބެލެހެއްޓުން.
  8. ކުރިޔަށް އޮތް އަހަރުގެ އަންދާޒާ ބަޖެޓް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން.
  9. ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތީން ޔުނިޓުގެ މަސައްކަތްތައް ރާވައި ތަރުތީބު ކުރުމާއި ކުރުވުން.

މަޤާމުގެ ޝަރުޠު:

  1. ފައިނޭންސް، ސްޓެޓިސްޓިކްސް އަދި އެކައުންޓިންގ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.   ނުވަތަ
  1. ފައިނޭންސް، ސްޓެޓިސްޓިކްސް އަދި އެކައުންޓިންގ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. ފައިނޭންސް، ސްޓެޓިސްޓިކްސް އަދި އެކައުންޓިންގ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން:

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލްކަން ކަށަވަރުކުރުން

ނ. އިންޓަވިއުކޮށްގެން

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

_ މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފިލާ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕަބްލިކް    އެގްޒޭމިނޭޝަންސް ކައުންޓަރަށް.

_ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 އޮގަސްޓް 30 ވާ ބުދަ ދުވަހުގެ 13:00 އެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތަށް ފެންނަ، އަދި ލިޔެފައިވާ ލިޔުންތަށް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރިވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

           (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

           (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

           (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓްޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.  

8. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

           (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

           (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުން:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ސެޕްޓެމްބަރ 10 އާއި 2017 ސެޕްޓެމްބަރ 18 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރު ވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30%

ނޯޓް:

 - އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ޙާޟިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް އިންޓަވިއު   ނުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

   މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3009339 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.                                 

               30 ޛުލްޤައިދާ 1438

               22 އޯގަސްޓް 2017

 

22 އޮގަސްޓް 2017
ހޯދާ