މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން

 

                                                    ނަންބަރު: MREIC/IU/2017/0020 

މަސައްކަތް

 

ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން:

 

މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކުރާ ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކޮންޓްރެކްޓަރ ރެޖިސްޓަރ ހެދުމަށް ބޭނުންވެއެވެ.

  • ބިލްޑިންގ ކޮންސްޓްރަކްޝަން އާއި ގުޅުންހުރި ދާއިރާތައް
  • ބިލްޑިންގ ޑިޒައިނިންގ (އާކިޓެކްޗަރ / އިންޓީރިއަރ)
  • ބިލްޑިންގ ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ
  • ބިލްޑިންގ ޑިޒައިނިންގ ކޮންސަލްޓެންސީ
  • ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ
  • ލޮޖިސްޓިކަލް އޮޕަރޭޝަންސް
  • ކޮންސްޓްރަކްޝަން މެޓީރިއަލްސް ސަޕްލައިކުރުން
  • ހާޑްވެއަރ މެޓީރިއަލްސް ސަޕްލައިކުރުން
  • އޮފީސް ފަރުނީޗަރު ސަޕްލައިކުރުން
  • ސްޓޭޝަނަރީ ސަޕްލައިކުރުން

މީގެ އިތުރުން އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޯގަސްޓް 27 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ މައުލޫމާތު [email protected] އަށް އީމެއިލް ކުރެއްވުމުން، އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ސަބްޖެކްޓް: ކޮންޓްރެކްޓަރ ރެޖިސްޓަރ

ޝައުގުވެރިވެލައްވާ ފަރާތް (ކުންފުނީގެ ނަން / ވިޔަފާރީގެ ނަން):

ކުންފުނި / ވިޔަފާރި ތަމްސީލް ކުރާފަރާތުގެ ނަން:

ގުޅޭނެ ނަމްބަރ:

 

އަދި 2017 ސެޕްޓެމްބަރު 07 ވާ ބުރާސްފަތިދުވަހު 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމު ހުށައަޅުއްވަންވާނީ، މިކުންފުނީގެ އީމެއިލް އެޑްރެސް [email protected] އަށް، ނުވަތަ މިކުންފުނީގެ އޮފީސް، އެމްޓީސީސީ ސޯމިލް (ފުރަތަމަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) އަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ބާޠިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

                           30 ޛުލްޤައިދާ 1438

                           22 އޯގަސްޓް 2017

                                        

22 އޮގަސްޓް 2017
ހޯދާ