ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1438 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަކުރުން

1438 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަކުރުން.

 

                   1438 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަ ކުރުމަށް މިކައުންސިލުންކުރި މިކައުންސިލްގެ އިޢުލާން ނަންބަރު: (IUL)258/2017/57) އާއި ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތަކުގެ އަގުތައް ބޮޑުކަމަށް މިކައުންސިލަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން 1438 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަކޮށްދޭން ޝަޢުޤުވެރިވެލައްވާ ފަރާތްތެއް ހޯދުމަށް، އަލުން އިޢުލާންކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި ދީފައިވާ މަޢުލޫމާތުތަކާއި އެއްގޮތަށް   ޕްރޮޕޯސަލް ތައްޔާރު ކުރައްވާ ހަނިމާދޫ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ކުންފުނި ނުވަތަ ކުލަބް، ޖަމްޢިއްޔާފަދަ ރަޖިސްޓެޑް ޕާޓީތަކަށެވެ.

  • 1438 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ތައްޔާރު ކުރާނީ ދެ ޕްރޮޕޯސަލެއްގެ ގޮތުގައެވެ. އެއީ
  1.  ހަވީރު ކުޅިވަރުތަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ ޕްރޮޕޯސަލް.
  2.  ރޭގަނޑުގެ ކުޅިވަރުތަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ ޕްރޮޕޯސަލް.

 

  1. 1.       ދުވާލުގެ ކުޅިވަރުތަކަށް އަމާޒުކޮށްގެން ތައްޔާރު ކުރާ ޕްރޮޕޯސަލްގައި ހިމެނިދާނެ ކަންތައްތައް.

1.1        އަޟްޙާޢީދުގެ ހަތަރު ދުވަހުގެ ހަވީރު މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް ބޭއްވުން. ( މި ޙަރަކާތްތައް އަމާޒު ކުރާނީ ދެޖިންސްގެ ޒުވާނުންނަށާއި ޢުމުރުން ދުވަސްވީމީހުންނަށާއި އަދި ކުޑަ ކުދިންނަށެވެ. މިގޮތުން މިޙަރަކާތްތަކުގައި ބޮޑުމަސްބޭނުން، ކުޑަކުދިންގެ ހަވީރު، ޓާސްކް ގޭމް ނުވަތަ ފަންކުޅުންފަދަ ޙަރަކާތްތައް  ހިމެނިދާނެއެވެ.)

1.2        ނޯޓް: ހަވީރުގެ ކުޅިވަރުތައް ފަށާނީ 16:30 ގައެވެ. އަދި ނިންމާ ގަޑިއަކީ 18:00 އެވެ.

 

  1. 2.       ރޭގަނޑުގެ ކުޅިވަރުތަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ ޕްރޮޕޯސަލްގައި ހިމެނިދާނެ ކަންތައްތައް.

2.1        އަޟްޙާ ޢީދުދުވަހުގެ ރެއިން ފެށިގެން 4 ރޭ ވަންދެން ހަނިމާދޫ ބަނދަރު ސްޓޭޖްގައި ޝޯވ ދިނުން. ( މިޝޯވގައި  ދިވެހި ބޮޑުބެރު، ޑާންސް އަދި ލަވަ ކިޔުން އަދި ޑްރާމާ ކުޅުންފަދަ ޙަރަކާތްތައް ހިމެނިދާނެއެވެ.)

2.2        ނޯޓް: ރޭގަނޑުގެ ކުޅިވަރުތައް ފަށާނީ 21:15 ގައެވެ. އަދި ނިންމާ ގަޑިއަކީ 00:00 އެވެ.

 

  1. 3.      މާރކްސް ދެވޭގޮތުގެ ތަފްސީލު:

3.1        ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ މިކައުންސިލްގެ މުވައްޒަފުންގެ ތެރެއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

3.2        ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރިގޮތާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މިކައުންސިލަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

v     ހިދުމަތުގެ އަގަށްދޭ މާކްސް

v     މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

%70

އަގު

(Benchmark  Cost / Submitted Cost) x Allocated Percentage

v     ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުންކުރާ ޚަރަދަށްދޭ މާކްސް

v     މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން، ހުށަހަޅާފައިވާ ޕްރޮޕޯސަލް ތަކުގައި ހިމެނޭ އެންމެ ބޮޑު ޚަރަދަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ ފަރާތްތަކުންކުރާ ޚަރަދުން ލިބޭ % އެއް

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ގިނަ ޚަރަދު ކުރާ ފަރާތަކަށް.

%30

ހުށަހަޅާ ފަރާތުން ކުރާ ޚަރަދު

 

  1. 4.      ޕްރޮޕޯސަލް ހުށަހެޅުން

4.1        ޕްރޮޕޯސަލް ހުށަހަޅަނީ ކުންފުންޏަކުން ނަމަ، އެ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ކުލަބް ޖަމްޢިއްޔާ އަކުންނަމަ އެކުލަބް ޖަމްޢިއްޔާއެއްގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަން ވާނެއެވެ.

4.2        ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ:            (IUL) 258/2017/57 ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

        1438 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުން.

        ތިލަދުންމަތީ ހަނިމާދޫ ކައުންސިލްގެ އިދާރާ

        ހދ. ހަނިމާދޫ / ދިވެހިރާއްޖެ

 

  1. 5.      ޕްރޮޕޯސަލްތައް ހުޅުވުން

5.1        ޕްރޮޕޯސަލް ހުޅުވާނީ 27 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ހަނިމާދޫ ކައުންސިލްގެ ކޮންފަރަންސް ރޫމްގައި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ.

5.2        ޕްރޮޕޯސަލްތައް ހުޅުވާ ބައްދަލުވުމުގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  6520028 ނަމްބަރުއަށެވެ.

           މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  30 ޛުލްޤައިދާ 1438

                  22 އޮގަސްޓް 2017

22 އޮގަސްޓް 2017
ހޯދާ