އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ހިއުމަން ރިސޯސަސް

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓަންޓް އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: ހިއުމަން ރިސޯސަސް

މަޤާމުގެ ޝަރުޠު:

  1. ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "އީ" އަށް ވުރެ މަތިން ފާސްވެފައިވުން.
  2. ނުވަތަ ހިއުމަން ރިސޯސަސްއާއި ގުޅުންހުރި ދާއިރާ އަކުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.
  3. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  4. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން
  2. މުވައްޒަފުންގެ ރިކޯޑު ބެލެހެއްޓުން އަދި ގަވާއިދުން މުވައްޒަފުންގެ އިންފޮމޭޝަން އަޕްޑޭޓްކުރުން.
  3. ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓުތައް ތަޔާރުކުރުން.
  4. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީގެ އެންމެހާ ރިކޯޑުތަކާބެހޭ ކަންކަން ކުރުމާއި، ހާޒިރީއާބެހޭ މައުލޫމާތު ދިނުން.
  5. މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމާއި ބެލެހެއްޓުން.
  6. އޮފީހުގެ އެންމެހައި ހިއުމަން ރިސޯސަސް މަސައްކަތްތައް ކުރުން.

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި:

2017 އޮގަސްޓު 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ސީވީ.
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

20 އޮގަސްޓް 2017
ހޯދާ