މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ތެޔޮތާންގީތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

ކައުންސިލްގެ ތެޔޮތާންގީތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

ކައުންސިލުން ބަނދެފައިވާ ތެޔޮތާންގިތައް، މިއިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް، ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ތަފުސީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން.

23 އޮގަސްޓް 2017

ބުދަ

10:30

އަންދާސީ ހިސާބު ހުށަހެޅުން

30 އޮގަސްޓް 2017

ބުދަ

10:30

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން މިއިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިއުލާނާއި ގުޅޭ ބިޑު ފޮތް ވިއްކުންވަނީ 09:00ން 13:30ށް ހުޅުވާލެވިފައެވެ. ބިޑު ފޮތް ގަތުމުގެ އެންމެ ފަހު ތާރީޙަކީ 22 އޮގަސްޓް 2017އެވެ. ފޮތެއްގެ އަގަކީ -/1000 (އެއްހާސް) ރުފިޔާއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮގަސްޓް 2017ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ބިޑުފޮތް ބައްލަވައިގަތުމަށް ކައުންސިލް އިދާރާއަށް ހާސިރުވެދެއްވުން އެދެމެވެ. އަދި ދަންނަވަމެ، ބިޑު ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6640071 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

16 އޮގަސްޓް 2017

16 އޮގަސްޓް 2017
ހޯދާ