މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ފިޔަވަތި، ހުޅުމާލެ)

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ސެކްޝަން

ފިޔަވަތި، ހުޅުމާލެ

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

މަސައްކަތް އަދާކުރަން ޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ 

މަސައްކަތު އެލަވަންސާއި  އިތުރު އެލަވަންސްތައް:

- މަހަކު -/5000 ރުފިޔާ

ރިސްކް އެލަވަންސް:             

- އޮފީހަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1) ފިޔަވަތީގެ ބަޖެޓުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތު ޤަވާއިދާ އެއްގޮތައް ހަމަޖެހިފައިވާ އުޞޫލްތަކުގެ މަތިން ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން

2) ފިޔަވަތިން ފައިސާ ދައްކަން ޖެހޭ ބިލްތައް އެބިލެއްގެ ފައިސާ ދެއްކުމަށް އޮންނަ  މުއްދަތުގެ ތެރޭގައި ޕީވީ ހަދާ  ފައިސާ ދެއްކުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޤަވާއިދުން ކޮށް ބެލެހެއްޓުމާއި އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް އޯޑަރަށް ފައިލްކޮށް ބެލެހެއްޓުން 

3) ފިޔަވަތީގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ރިޕޯރޓްތައް ، ތިޖޫރީ ރިޕޯރޓް، ޕެޓީކޭޝް ރިޕޯރޓް، ކޮއްތު ރިޕޯރޓް އާއި ބަޖެޓްގެ ޚަރަދު ރިޕޯރޓް ތައް އެރިޕޯރޓެއް ނިންމަންޖެހޭ މުއްދަތައްނިންމާ،  ބަޖެޓުންކުރެވިފައިވާ ޚަރަދުތައް އެފް އެމް ރިޕޯރޓާއި ދިމާކޮށް  ޗެކްކުރުމަށްފަހު  ބަޖެޓްގެ މަސައްކަތާ ޙަވާލުވެ ހުންނަ ވެރިޔަކު ލައްވާ ސޮއި ކުރުމަށްފަހު  ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން މިނިސްޓްރީގެ އެކައުންޓްސް ޑިވިޝަނަށް ފޮނުވުމާއި އެރިޕޯރޓްތައް އޯޑަރަށް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން،

4) ފިޔަވަތީގެ ބަޖެޓުން މުސާރަދޭ މުއައްޒަފުންގެ މުސާރަ ޕީވީ އާއި އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ކޮންމެ މީލާދީ މަހެއްގެ 25 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ އެކައުންޓްސް ޑިވިޝަނަށް ފޮނުވުމާއި އެކު އެކަމާ ގުޅިގެންކުރަންޖެހޭ އެންމެހާކަންކަން ކޮށް ބެލެހެއްޓުން

5) ފިޔަވަތީގެ އެއަހަރެއްގެ ބަޖެޓް ތައްޔާރުކުރުމަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސަވާ ޤަވާޢިދާއި އެއްގޮތަށް ބަޖެޓް ގެކަންތަކާ ޙަވާލުވެހުންނަ ވެރިއެއްގެ ލަފާގެ މަތިން އާ އަހަރުގެ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތައް ފޮނުވަންޖެހޭ ފަރާތަތަކަށް ފޮނުވުމާއި، ކޮންމެ މާލީ އަހަރެއް ނިމުމުން ކުޑަކުދިންގެ ހިޔާގެ މާލީ ހިސާބު ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަނަގަވާފައިވާ މުއްދަތައް ނިންމާ އެކަމާގުޅޭ ގޮތުން ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

6) ފިޔަވަތީގެ ސްޓޮކުން ތަކެތި ދޫކުރުމާއި،ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ސްޓޮކް ބާކީބަލަހައްޓަމުން ގެންދިޔުން.

7) ފިޔަވަތިއަށް ހޯދާ ހަރުމުދަލުގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުމާއި އެކު ޑޮނޭޝަންގެ ގޮތުގައި ލިބޭ ހަރުމުދަލުގެ އިންވެންޓްރީ ބަހައްޓަމުން ދާގޮތަށް ޗެކު ކުރުމާއި ޑޮނޭޝަން އިންވެންޓްރީ ވެސް ބަލަހައްޓަން ޖެހިއްޖެ ހިނދެއްގައި ޤަވައިދުން ބެލެހެއްޓުން.

8) ފިޔަވަތިއަށް ހޯދާފައި ހުންނަ ހަރު މުދަލާއި އެހީގެ ގޮތުގައި ލިބިފައި ހުންނަ ހަރުމުދަލުން ހަލާކުވެފައިވާ ތަކެތި ނީލަމަށް ފޮނުވާ ނީލަމުން ނިމޭ ގޮތެއްގެ މަތިން އެކަން ކުރުން.

9) ފިޔަވަތީގެ ކޮއްތަށް ބޭނުންވާ ތަކެތި ހަމަޖެހިފައިވާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން އެދުވަހެއްގެ މެނޫއަށް ބޭނުންވާ ތަކެތި ފިޔަވަތި ބަދިގެއަށް ލިބޭނެގޮތް ހަމަޖައްސައި ދިނުމާއި ކޮއްތު ރިޕޯޓް މަހުން މަހަށް ތައްޔާރުކޮށް ވެރިއަކު ލައްވާ ސޮއިކުރުމަށްފަހު ޤަވަޢިދުން ފައިލްކޮށް ބެލެހެއްޓުން.

10) މެއިންޓޭނަންސް އާއި އެހެނިހެން މަރާމާތުތައް ކުރުމަށް ނިންމަންޖެހޭ ލިޔެކިޔުންތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ތައްޔާރުކުރުން.

11) މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ޙަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-  ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

-  މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ
  2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2017 އޮގަސްޓު 24 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށެވެ. 

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ އޮގަސްޓް މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027606 ނަންބަރު ފޯނަށް، ނުވަތަ 3027520 ނަންބަރު ފޯނަށެވެ.

16 އޮގަސްޓް 2017
ހޯދާ