ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ނަންބަރު:258/2017/58 ނަންބަރު އިޢުލާން ގައިވާ ކުށެއް ހިޞްލާޙްކޮށް

ވަޒީފާގެ ފުރުޞަތު

 

            ހަނިމާދޫ ވޭސްޓްމެނޭޖްމަންޓް ސެކްޝަނަށް މުއައްޒަފުން ހޯދުމަށްކުރި   މިކައުންސިލްގެ ނަންބަރު: (IUL)258/2017/55  (03 އޮގަސްޓް 2017) އިޢުލާންއަށް އެކަށީގެންވާ މިންވަރަށް ތަރުޙީބު ލިބިފައި ނުވާތީ އެއިޢުލާން  ބާޠިލުކޮށް އަލުން ތިރީގައިވާ ވަޒީފާތަކަށް މިކައުންސިލަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

ޑްރައިވަރު

ބޭނުންވާ ޢަދަދު:

02 (ދޭއް)

މުސާރަ:

މަހަކު -/5000 ރުފިޔާ (ފަސްހާސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)

ޙާޒިރީ އެލަވަންސް:

މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

މުނިސިޕަލް ސަރވިސް ޔުނިޓް

ސެކްޝަން

ވޭސްޓް މެނޭޖްމަންޓް ސެކްޝަން

ފެންވަރު ނުވަތަ ޝަރުތު:

 - އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓެގަރީ: C2, C-O  C1.އަދި VA1    އޮތުން.

- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު         ކަމުގައިވުން

- ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   ހަނިމާދޫ ކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް،  ވެހިކަލްގެ ދަތުރުތައް ކުރުން.

-  ވޭސްޓް މެނޭޖްމަންޓަށް ބޭނުންކުރާ ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.

- މަތީގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ މަސައްކަތްތައް ކުރުން.

މަޤާމް:

މަސައްކަތު

ބޭނުންވާ ޢަދަދު:

11 (އެގާރަ)

މުސާރަ:

މަހަކު -/3500 ރުފިޔާ (ތިންހާސް ފަސްސަތޭކަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1050 ރުފިޔާ (އެއްހާސް ފަންސާސް ރުފިޔާ)

ޙާޒިރީ އެލަވަންސް:

މަހަކު -/700 ރުފިޔާ (ހަތްސަތޭކާ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

 މުނިސިޕަލް ސަރވިސް ޔުނިޓް

ސެކްޝަން:

ވޭސްޓް މެނޭޖްމަންޓް ސެކްޝަން

ފެންވަރު ނުވަތަ ޝަރުތު:

 - ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު         ކަމުގައިވުން.

- ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ހަނިމާދޫ ކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް، ކުނިއުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ އެއްމެހާ މަސައްކަތްތަށް ކުރުން.

- ހަނިމާދޫ ކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް، ކުނިކޮށި ސާފުކޮށް ބެލެހެއްޓުމާއި، ކުނިކޮށްޓަށް އުކާލާ ކުނީގެ ރެކޯޑްތައް ބެލެހެއްޓުން.

- ހަނިމާދޫ ކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް، ރަށުގެ ޢިޖްތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

- މަތީގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ މަސައްކަތްތައް ކުރުން.

ސުންގަޑި:

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 އޯގަސްޓް 21 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ހަނިމާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމް (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5.  ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6.  ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7.  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8.  ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  9. އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސްގެ ކޮޕީ (ހަމައެނި ޑްރައިވަރުން)

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-  މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 އޯގަސްޓް މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކައުންސިލްގެ 6520028 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                                21 ޛުލްޤައިދާ  1438

                          13  އޯގަސްޓް  2017

13 އޮގަސްޓް 2017
ހޯދާ