މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރާވެރިކަން ދަސްކޮށްދިނުމަށް ސ.ހިތަދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީން ޕޮރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

                                                ނަންބަރ:  IUL) 438/438/2017/173)

އިޢުލާން

ރާވެރިކަން ދަސްކޮށްދިނުމަށް ސ.ހިތަދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީން ޕޮރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

މި ތަމްރީނު ޕްރޮގްރާމްތަކަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން  މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ހަވާލުކޮށް ހިންގާ ތަމްރީނު ޕްރޮގްރާމް ތަކެކެވެ. ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށްގެން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ. މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅި އަދި ޗަސްބިން ބެލެހެއްޓުމުގެ (މެނޭޖްކުރުމުގެ) ބަޔަކާއި، ކުނި ނައްތާލުމާ ބެލެހެއްޓުމުގެ (މެނޭޖްކުރުމުގެ) ބަޔަކާއި އަދި ފަރުތަކައް އަންނަ ބަދަލުތައް ދިރާސާކުރުމުގެ ބައެކެވެ. ދެމެހެއްޓެނިވި ގޮތުގައި ކުޅި އަދި ޗަސްބިން ބެލެހެއްޓުމުގެ ތެރެއިން ކުރެވޭ މުހިންމު އެއްކަމަކީ މިފަދަ ތަންތަނުން އާމްދަނީ ލިބިދާނެ މަގުތައް އާންމުންނަށް ދައްކައިދީ އެކަންކަން ކުރުމަށް އާންމުން ތަމްރީނުކުރުމެވެ.

މިގޮތުން މިޕްރޮގުރާމުގައި ރާވެރިކަން ދަސްކުރުމަށް ޝަޢުގުވެރިކަން ހުރި އަދި އެމަސައްކަތުން އާމްދަނީ ހޯދަން ބޭނުންވާ ފަރާތް ތަކަށް އެކަންތައް ކުރާނެ ގޮތްތައް ކިޔާދެވޭނެއެވެ.  

ނޯޓް: މި ޕުރޮގުރާމުގައި ބައިވެރިވުމަށް ފީއެއް ދޭކަށް ނުޖެހޭނެއެވެ. އަދި ކިޔެވުމަށް ބޭނުންކުރާނެ އާލާތް ޕްރޮގުރާމް އިންތިޒާމު ކުރައްވާ ފަރާތުން ފޯރުކޮށްދެއްވާނެއެވެ.

 މި ޕޮރޮގުރާމުތަކުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 16 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  • އައްޑޫގައި ދިރިއުޅޭ ރައްވެއްސަކަށްވުން

ކޯހުގެ މުއްދަތު:

11 ސެޕްޓެމްބަރު 2017 އިން 28 ސެޕްޓެމްބަރަށް 2017 އަށް (15 ދުވަސް)

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ސާފުކޮށް ކިޔަން އެނގޭނެ ކޮޕީއެއް

އެޕްލިކޭޝަން ފޯމް ލިބޭނީ:

  • އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ، މެދެ އާރި މަގު، މެދެ އަވަށް، ހިތަދޫ، ދިވެހިރާއްޖެ)

ހުށަހަޅަންޖެހޭ އޮފީސް:

  • އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ، މެދެ އާރި މަގު، މެދެ އަވަށް، ހިތަދޫ، ދިވެހިރާއްޖެ)

ސުންގަޑި:

  • ·         30 އޯގަސްޓް 2017، 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

  • 3018443 ގުޅުއްވުން އެދެމެވެ.

 

މިކޯހުގައި ގިނަވެގެން ބައިވެރިކުރުމަށް ނިންމާފައިވަނީ 10 ފަރާތެވެ. ވީމާ މަތީގައި ބަޔާން ކުރެވިފައިވާ ކޯހުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާނަމަ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 30 އޯގަސްޓް 2017 ގެ 14:00 ގެ ކުރިން އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް (ސިޓީ ކައުންސިލް އިދާރާ) އާއި ހަވާލު ކޮށްދެއްވުން އެދެމެވެ.

 

10 އޯގަސްޓު 2017

 

10 އޮގަސްޓް 2017
ހޯދާ