މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
1500 އިލެކްޓްރީޝަނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

ފެނަކާ ކޯޕަރޭޝަން ލިމިޓެޑާއި މޯލްޑިވްސް ޕޮލިޓެކްނިކް، ގުޅިގެން ދިވެހިރާއްޖޭގައި 1500 އިލެކްޓްރީޝަނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަހަރު ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި ޕްރޮގްރާމް ހިންގާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައެވެ. ވީމާ، މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

ކޯހުގެ ފީ:

މިޕްރޮގްރާމް އަކީ ފީނުނަގާ ކުރިޔަށް ގެންދާ ޕްރޮގްރާމްއެކެވެ.

 

ކޯހުގެ މުއްދަތު

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

ކޯހުގެ ލެވަލް

6 މަސްދުވަސް

މައިގަނޑު ޝަރުތު

ހ. ގްރޭޑް 6 ފުރިހަމަކޮށްފައިވުން، ނުވަރަ ލެވެލް 2  ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

އެހެނިހެން ޝަތުރު

ށ. 18 އަހަރުވެފައި އަދި އިގިރޭސި، ދިވެހި ބަހުން ލިޔަންކިޔަން ދަތުން.

 

.

 

ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން

 

 

 

 

 

 

   

   

   

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

    ހ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް (ފުރިހަމަ ކޮށްފައި)

    ށ. ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް

    ނ. ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ

 

    ތަކެތި ހުށަހަޅަންޖެހޭ އޮފީސް

ހ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ ( ފަސްޓް ފްލޯރ) ނުވަތަ / [email protected] އަށެވެ.

     ށ. ކ.ތުލުސްދޫ ކެމްޕަސް ،އައްޑޫ ސިޓީ ކެމްޕަސް ، ގއ.ވިލިނގިލި ކެމްޕަސް ، ރ.އަލިފުށީ ކެމްޕަސް އަށެވެ.

     ނ. އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ފެނަކާ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗް ތަކަށެވެ.

 

 

    ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 އޯގަސްޓް 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

    އެޕްލިކޭޝަން ފޯމް ލިބިވަޑައިގަންނަވާނީ:

    ހ. މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެނުވަތަ www.polytechnic.edu.mv

    ށ. ކ.ތުލުސްދޫ ކެމްޕަސް ،އައްޑޫ ސިޓީ ކެމްޕަސް ، ގއ.ވިލިނގިލި ކެމްޕަސް ، ރ.އަލިފުށީ ކެމްޕަސް ތަކުންނެވެ

    ނ. އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ފެނަކާ ކޯޕަރޭޝަން ލިމިޓެޑް ބްރާންޗް ތަކުންނެވެ.

 

 

         ނޯޓް: މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރ: 3305404،3305406، 3305411 އަދި 3305405 ފޯނަށް ގުޅުއްވުން އެދެމެވެ.

 

                               16ޒުލްޤައިދާ 1438

                                  08އޯގަސްޓް2017  

08 އޮގަސްޓް 2017
ހޯދާ