ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ހުޅުމާލޭގައި އިމާރާތްކުރާ 10 ބުރީގެ އޮފީސް ކޮމްޕްލެކްސްއާއިގުޅޭ

ހުޅުމާލޭގައި އިމާރާތްކުރާ 10 ބުރީގެ އޮފީސް ކޮމްޕްލެކްސްއާއިގުޅޭ

          ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ހުޅުމާލެގައި އިމާރާތް ކުރާ 10 ބުރީގެ އޮފީސް ކޮމްޕްލެކްސް އިމާރާތުގެ  ކޮންސެޕްޓް ޑިޒައިނިންގ، ޑީޓެއިލް ޑްރޯވިންގ އަދި ޕްރޮޖެކްޓް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުނ

ް 17 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 22 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.

 

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                                                                                                                                                           

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

          16 ޛުލްޤައިދާ 1438

          08 އޯގަސްޓް 2017

08 އޮގަސްޓް 2017
ހޯދާ