ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1438 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަކުރުން

1438 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަކުރުން.

                   1438 ވަނަ އަހަރުގެ އަޟްޙާޢީދު ފާހަގަ ކުރުމަށް މިކައުންސިލުން ނިންމައިފީމެވެ. ނަމަވެސް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އަޟްޙާޢީދު ފާހަގަކުރާނީ މިކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ ދަށުން، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ޕްރޮޕޯސަލް ހުށަހަޅުއްވައިގެންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 13 އޮގަސްޓް 2017 ވާ އާދީޢްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 11.00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެވެ.  ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ކުންފުނި ނުވަތަ ކުލަބް، ޖަމްޢިއްޔާފަދަ ރަޖިސްޓެޑް ޕާޓީތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް  ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

           މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 އޮގަސްޓް 2017
ހޯދާ