މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ. ގުރައިދޫގައި ހުންނަ ދައުލަތު ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހެދުމަށް ހަމަޖެހިފައވާ ދެބުރި އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ އަދި ޓެންޑަރ ޑޮކިޔުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކ. ގުރައިދޫގައި ހުންނަ ދައުލަތު ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހެދުމަށް ހަމަޖެހިފައވާ ދެބުރި އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ އަދި ޓެންޑަރ ޑޮކިޔުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 06 ޖުލައި 2016 ގައި ކުރެވުނު ނަންބަރު IUL 23-AP/23/2017/111 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް 3 ފަރާތުން ވަޑައިގެންފައިނުވާތީ، ކ. ގުރައިދޫގައި ހުންނަ ދައުލަތު ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހެދުމަށް ހަމަޖެހިފައވާ ދެބުރި އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ އަދި ޓެންޑަރ ޑޮކިޔުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 އޯގަސްޓް 01 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޯގަސްޓް 08 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

26 ޝައްވާލު 1438

 

20 ޖުލައި 2017
ހޯދާ