މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ، އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

އިޢުލާން                                 

މި މިނިސްޓްރީގެ ނަންބަރު: (IUL)23-ES/23/2017/118 އިޢުލާން ބާޠިލްކޮށް އަލުން އެމަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު

J-280941

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު / އިންޓަރނޭޝަނަލް ހެލްތު

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • މިނިސްޓްރީ އާއި ގުޅުންހުރި ދާއިރާތަކުގެ ޙަރަކާތްތައް ހިންގުމަށް އ.ދ ގެ ޖަމްޢިއްޔާތަކުންނާއި އެހެންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ޕްރޮގްރާމްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
    • އ.ދ ގެ ޖަމްއިއްޔާތަކުން (ޔުނިސެފް، ޔޫ.އެން.އެފް.ޕީ.އޭ، ޔޫ.އެން.ޑީ.ޕީ ފަދަ) ހިންގާ މިނިސްޓްރީއާއި ގުޅުންހުރި ޕްރޮގްރާމްތައް ތަންފީޒް ކުރުމުގެ ކަންތައް ރާވާ ބަޖެޓް، އަޕްޑޭޓްސް ބަލަހައްޓާ ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ބައްދަލުވުންތައް ބާއްވާ ވިލަރެސްކުރުން.
    • މިނިސްޓްރީ އާއި ގުޅުންހުރި ދާއިރާތަކުގެ ޙަރަކާތްތައް ހިންގުމަށް އ.ދ ގެ ޖަމްޢިއްޔާތަކުންނާއި އެހެންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ޕްރޮގްރާމް/ޕްރޮޖެކްޓްތަކުގެ މިޑްޓަރމް އަދި އެނުއަލް ރިވިއު ބައްދަލުވުންތައް ބޭއްވުން.
    • ދާއިރާގެ އިންޓަރނޭޝަނަލް ޕްރޮޖެކްޓްތަކުގެ އަޕްޑޭޓްތައް ސީނިއަރ މެނޭޖްމަންޓް ޓީމާއި އެކު ވުޒާރާތަކަށް ފޮނުވުން.
    • ޞިއްޙީ ދާއިރާއަށް ލިބޭ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ކަމާގުޅޭ ޑިޕާޓްމަންޓް/ޑިވިޜަނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރުން.
    • ސެކްޓަރގެ އިންޓަރނޭޝަނަލް ޕްރޮޖެކްޓް / ޕްރޮގްރާމް / ރިސޯސް މޮބިލައިޒޭޝަންގެ މަސައްކަތް ތަކާ ގުޅޭ ގޮތުން ރާއްޖެ ވަޑައިގަންނަވާ ބޭރުގެ ވަފުދު ތަކުގެ މަސައްކަތްތައް ރާވާ ވިލަރެސް ކުރުން.
    • ސެކްޓަރގެ ބައިނަލްއަގްވާމީ ޕްރޮޖެކްޓްސް ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާ ތަކަށް ޤަވާޢިދުން ރިޕޯރޓް ކޮށް މަސައްކަތް ވިލަރެސް ކުރުން.
    • ޓެލެމެޑިސިން ޕްރޮޖެކްޓުގެ ދަށުން އެހީދޭ ފަރާތާއެކު ކުރަންޖެހޭ ހުރިހާ މުއާމަލާތެއްކުރުން.
    • ޓެލެމެޑިސިން ޕްރޮޖެކްޓުގެ ދަށުން ސްކޮލަރޝިޕްގައި ކިޔަވަމުންދާ ކުދިންގެ ސްޓައިޕެންޑް އަދި ޓިއުޝަންފީ ޓްރާންސްފަރކުރުމަށް އެހީދޭ ފަރާތަށް ރިކުއެސްޓް ފޮނުވުން.
    • ދޭދޭ ގައުމުތަކާއެކު ބޭއްވޭ ބައިލޭޓްރަލް ބައްދަލުވުންތަކަށްފަހު ކުރަންޖެހޭ ފޮލޯއަޕް މަސައްކަތްތައްކުރުން.
      • o  ޞިއްޙީދާއިރާއަށް ބައިނަލް އަޤްވާމީ އެކި ފަރާތަކުންނާއި ގައުމުތަކުން ދެއްވާ އެހީއާ ގުޅިގެން އެކުލަވާލާ އެގްރީމަންޓްތަކާއި އެމްއޯޔޫ ފަދަ ރަސްމީ ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް/ޑިވިޜަންތަކާއެކު ވިލަރެސްކުރުން.
      • ޑިވިޝަނުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އޮފީސް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް

  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2.މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3.މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮގްރާމް މެނޭޖްމަންޓް، ޕްރޮގްރާމް އިވެލުއޭޝަން ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-258922

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން / އޮފީސް އެޑްމިނިސްޓްރޭޝަން

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީއަށް ލިބޭ ލިޔެކިޔުންތަކާއި، އަދި އެހެނިހެން ގޮތްގޮތުންވެސް އަންނަ ލިޔުންތައް ބަލައިގަނެ އެންޓްރީކުރުން.
  2. މިނިސްޓްރީއަށް އަންނަ ލިޔެކިއުންތަކާއި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޑިސްޕެޗްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި އަދި ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން. މީގެއިތުރުން އެގްޒެކެޓިވް ބިއުރޯއަށް އަންނަ ލިޔެކިއުންތައް ކަމާބެހޭ ބޭފުޅުންނަށް ރައްދުކޮށްދީ، އެބޭފުޅުންގެ އިރުޝާދުގެ ދަށުން ޖަވާބުދާރީވުން.
  3. މިނިސްޓްރީން ބާއްވާ ބައްދަލުވުންތަކަށް ވަޑައިގަންނަވަންޖެހޭ ބޭފުޅުންނަށް ދަންނަވާ، ހޯލް ހިފުމުގެ މަސައްކަތްތައް ކުރުމާއި، ބައްދަލުވުންތައް އިންތިޒާމް ކުރުމުގެގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  4. ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ނިންމުން.
  5. ކޮންމެ ހަފުތާއަކު ދުވަހަކު ބޭއްވޭ އެގްޒެކެޓިވް މީޓިންގެ ޔައުމިއްޔާ ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. މީޑިއާތަކަށް ދޭންޖެހޭ ޚަބަރާއި މަޢުލޫމާތު މިނިސްޓްރީގެ ޑިޕާރޓްމަންޓްތަކާއި ޑިވިޝަން ތަކުން ހޯދާ ތައްޔާރުކޮށް މީޑިއާ ތަކަށް ފޮނުވުން.
  7. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ޑިޕާރޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ބެހޭގޮތުން އާންމު ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ އެކިއެކި ނިއުސް ކޮންފަރެންސްތަށް ރާވާ އިންތިޒާމުކުރުން.
  8. ސަރުކާރުގެ މަޢުލޫމާތުތައް ހާމަކުރުމުގެ ގަވާއިދުގެ ދަށުން އާންމުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
  9. ވެރިންގެ އެޕޮއިންޓްމަންޓް ޝެޑިއުލްސްތައް ބެހެއްޓުމާއި، އެބޭފުޅުންގެ އެޕޮއިންޓްމެންޓްސްތަކަށް ވަޑައިގަންނަވާ  ބޭފުޅުންގެ މެހްމާން ދާރީގެ އިންތިޒާމް ހަމަޖެއްސުން.

މަޤާމުގެ ޝަރުތުތައް

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް،މެނޭޖްމަންޓް،ބިޒްނަސް މެނޭޖްމަންޓް،އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް،މެނޭޖްމަންޓް،ބިޒްނަސް މެނޭޖްމަންޓް،އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

2.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-283263

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ރީޖަނަލް އެންޑް އެޓޯލް ހެލްތު ސަރވިސަސް / ހެލްތު ފެސިލިޓީސް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ސައުތު ޒޯން

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-  ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން ޚިދުމަތްދިނުމަށް ބޭނުންވާ މެޝިނަރީޒް، ރިއެޖެންޓްސް އަދި ކޮންސިއުމަބަލްސް ތަކެތީގެ ރިކްއިސިޝަންތައް ވެރިފިކޭޝަން ނިންމާ ލިބުމުން، ތަކެތި ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގޮތުގެމަތިން އެސްޓީއޯއަށް ކޯޓޭޝަން ހޯދުމަށް ފޮނުވުމަށް ކަނޑައަޅާފައިވާގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަ ކުރުމަށް އެހީތެރިވުމާއި އަދި ފުރިހަމަ ކޮށް ކޮޕީ ކުރަންޖެހޭ ތަންތަނަށް ކޮޕީ ފޮނުވުން.

2-  އެސް.ޓީ.އޯ އިން ކޯޓޭޝަން ލިބުމުން މުދާހޯދުމަށް ފޮނުވާ ޕާރޗޭސް އޯޑަރ (PO) ތައްޔާރުކުރުމަށް އެހީތެރިވުމާއި،ތައްޔާރުކޮށް ފޮނުވުން.

3-  ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޮނުވޭ ތަކެތި ( މެޝިނަރީޒް،ކޮންސިއުމަބްލްސް،ރިއެޖެންޓްސް) ރަށްރަށަށް ލިބުމުން ތަކެތި ބަލައިގަތުމަށްފަހު ފުރިހަމަކުރާ ރިސީވިން ފޯރމް ލިބުނުކަން ޔަޤީން ކުރުމާއެކު ބިލްތަކަށް ފައިސާ ދެއްކުމަށް ފުރިމަހަ ކުރަންޖެހޭ ލިޔެކިއުން ފުރިހަމަކުރުމަށް އެހީތެރިވުމާއި އަދި ލިޔެކިއުންތައް ފުރިހަމަކޮށް އެކައުންޓް ޑިވިޝަނަށް ފޮނުވުމާއި އެކު ގުޅުން ހުރި ހުރިހާ ޑޮކިއުމަންޓްސް ރައްކާތެރިކަމާއެކު ފައިލް ކުރުން.

4-  ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ފޮނުވާ ސިޓީ،މެސެޖް ނުވަތަ މެމޯތަކަށް ދޭންޖެހޭ ޖަވާބުތައް ރީޖަންގެ ހެޑަކަށް ހުންނަވާ ބޭފުޅެއްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކަށް ޤަވާޢިދުން ފޮނުވާ ފައިލްކުރުން.

5-  ރީޖަންތަކުން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްތަކާއި އެހެނިހެން ދަތުރުތަކުގެ އިދާރީ ލިޔެކިއުންތަކާއި އެއަރ ޓިކެޓް/ލޯންޗްގެ ކަންކަން ދުރާލާ ހަމަޖެއްސުމަށް އެހީތެރިވުމާއި، އަދި އެކަންކަން ފުރިހަމަކޮށް ދަތުރާއި ގުޅުންހުރި ފަރާތްތަކަށް ދަތުރާއި ގުޅޭ މަޢުލޫމާތު ލިޔެކިއުމުން ފޮނުވުމާއިއެކު މަޢުލޫމާތު ލިބިފައިވާކަން ޔަޤީން ކުރުން.

6-  ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުރާ މަރާމާތުތައް ޓައިމްލައިންއާއި އެއްގޮތަށް ކުރިއަށްދޭތޯ ބަލާ މޮނިޓަރ ކުރުން

7-  އެމްބިއުލަންސް އާއި ލޯންޗްގެ ފަންކްޝަނަލް ސްޓޭޓަސް ގަވާއިދުން ބަލާ، މޮނިޓަރ ކުރުން

8-  ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ޚިދުމަތުގައި ތިބެންޖެހޭ މިންގަނޑަށް ތިބިތޯ ބެލުން

9-   އަލަށް ތައާރަފް ކުރެވޭ ޚިދުމަތްތައް ކަނޑައަޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދޭތޯ ބެލުން

10-  ހޮސްޕިޓަލުތަކުގެ ހިންގުން ހަވާލުކުރާ ފަރާތްތައް ކަނޑައަޅާ، އެ ފަރާތްތަކަށް އެންގުން

11-  އަތޮޅުތަކުގައި ހިންގާ އައުޓް ރީޗް ޕްރޮގްރާމް ހިނގާ ނުހިނގާ ގޮތް ބެލުމާއި ރެކޯރޑް ބެލެހެއްޓުން

12-  ސިއްޙީ ޚިދުމަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބަލާ، ރެކޯރޑް ބެލެހެއްޓުން

13-  ޞިއްޙީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަގާމާއި ގުޅޭ ވަޒީފާ ބަޔާން އަޕްޑޭޓްކޮށް ތައްޔާރުކުރެވިފައިވޭތޯ ބެލުން.

14-  ދަތުރު ރިޕޯޓްގައި ފާހަގަކުރާ ކަންކަން ތަންފީޒުކުރެވޭ މިންވަރުބަލާ މޮނިޓަރކުރުން.

15-  ޑޮކްޓަރުން ތިބެންޖެހޭ މިންގަނޑަށް ޑޮކްޓަރުން ތިބިތޯބަލައި މޮނިޓަރކުރުން.

16-  ޓެލެމެޑިސިންގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

17-  ޒޯންތަކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް މީޑިއާ މެދުވެރިކޮށް އާއްމުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

މަޤާމުގެ ޝަރުތުތައް

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް،މެނޭޖްމަންޓް،ބިޒްނަސް މެނޭޖްމަންޓް،އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް،މެނޭޖްމަންޓް،ބިޒްނަސް މެނޭޖްމަންޓް،އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

2.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 07 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

2017 ވަނަ އަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރ މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

                

 

                                                    

20 ޖުލައި 2017
ހޯދާ